ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލަކަށް ހުސް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް، އަވަހަށް ފާސް ކުރުމަކީ ރަބަރ ސްޓޭމް ޖެހުމެއް ނޫން: ހުސެއިން

ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސެއިން ޝަރީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ އިލްމީ ބަހުސްތަކެއް ކުރަން ޖެހޭތަނެއްގައި، ސަރުކާރުން ހުށަހަޅާ ބިލަކަށް ހުސް ވާހަކަތަކެއް ދައްކައި ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއް ނެތްކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ސަރުކާރަށް އޮތް އިރު، އެމްޑީޕީގެ މެމްބަރުން ބުނާ ގޮތުގައި ސަރުކާރުން ދަނީ ރަބަރ ސްޓޭމްޕް ޖަހާ އުސޫލުން ބިލުތައް ފާސް ކުރަމުންނެވެ. އަދި ސަރުކާރުން ބޭނުންވާ ގޮތަށް ބިލު ހުށަހަޅައި ދެ ދުވަހުގެ ތެރޭގައި ވެސް ވޯޓަށް އަހާކަމަށް ފާހާގަކުރެ އެވެ.

މިއީ އެ ބުނާ ގޮތަށް ރަބަރ ސްޓޭމް ޖެހުން ނޫންތޯ ސުވާލު ކުރުމުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ހުސެއިން ވިދާޅުވީ، މެމްބަރުން މަޖިލީހުގައި ކުރަނީ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ މަސައްކަތްތައް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާއަކީ އެފަދަކަމެއް އައުމާއި އެކު ވީހާވެސް އަވަހަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސް އިސްލާހުތައް ފާސް ކުރުންކަމަށް ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތެއް ފަހި ކުރުމަށް މަޖިލީހުން މަސައްކަތް ކުރަން ޖެހޭކަމަށާއި، ބިލެއް ހުށަހަޅައިގެން ހުސް ވާހަކަތަކެއް ދައްކަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

މަޖިލިސް ޗެމްބަރުގައި ކޮންމެހެން ވާހަކަ ދައްކަން ނުޖެހޭ ބަހުސެއް ނެތްކަމެއްގައި ބަހުސެއްކޮށްގެން ވާހަކަ ދައްކަން، އެއީ ސިޔާސީ ގޮތުން ކްރެޑިޓު ނަގަން އޮތްތަނެއް ނޫން އެއިކީ… އެއީ ގާނޫނީ އިލްމީ ބަހުސް ކުރަން ޖެހޭ ތަންތަން.. ގިނަ ބިލްތަކުގައި ފެނިލައްވާނެ ބަހުސްގެ ވަގުތުތަކުގައި، ވަގުތު ސަލާމަތް ކުރުމުގެ ގޮތުން އަވަހަށް ކޮމިޓީއަށް ފޮނުވުމުގެ ގޮތުން، އަވަހަށް ފޮނުވައި ކޮމިޓީ މަރުހަލާގައި އަދި ވަރަށް ގިނަ ގާނޫނުތައް މިހާރު ފެނިލައްވާނެ އާންމު ރައްޔިތުންގެ ފަންނީ ބޭފުޅުންގެ ކޮމެންޓަށް ނުވަތަ ރައުޔަށް އާންމުކޮށް އިއުލާނު ކުރާތަން..

ހުސެއިން ވިދާޅުވީ ގާނޫނަށް ހުށަހަޅާ އިސްލާހުތަކަށް ފަންނީ ލަފާ ހޯދުމަށް ހުޅުވާލަނީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލު ބޭނުންވާތިކަމަށެވެ. އަދި ގާނޫނެއް ގެންނަނީ އެކަމަށް ކުރަންޖެހޭ ފުރިހަމަ ދިރާސާތަކަށް ފަހުކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިފަހުން އެންމެ އަވަހަށް ފާސްކުރި ބިލަކީ ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހެވެ. ޕްރޮސެކިއުޓަރ ޖެނެރަލްއަކު އައްޔަނު ކުރުމަށް ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް އެ އިސްލާހު ހުށަހަޅައި، ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ފަހު ހަމަ އެ ދުވަހު އިތުރު ބަދަލެއް ނުގެނެސް ވޯޓަށް އަހަން ތަޅުމަށް ފޮނުވުމަށް ނިންމި އެވެ. އަދި ޕީޖީއަކު އައްޔަނު ކުރުމަށް ވޯޓަށް އަހަން ބޭއްވި ޖަލްސާގައި، އެ އިސްލާހަށް ވެސް ވޯޓާށް އަހައި އިސްލާހު ފާސްކުރި އެވެ.

މަޖިލީހުގައި އިދިކޮޅުގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރި ނަމަވެސް އެކަން ދޮގުކޮށް، ޕީއެންސީގެ މެމްބަރުން ވިދާޅުވެފައި ވަނީ އެ މެމްބަރުންނަށް ބަހުސް ކުރުމަށް ފުރުސަތު އޮންނާނެކަމަށާއި ހުށަހަޅާ ކުއްލި މައްސަލަތަކަށް ވެސް ޖާގަދިންކަމަށެވެ. އެކަމަކު ސަރުކާރަށް ޖެއްސުންކޮށް، މަސައްކަތްތަކަށް ހުރަސްއެޅުމުގެ ނިޔަތުގައި ކުރާ އެއްވެސްކަމަކަށް ޖާގައެއް ނުދޭނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: