ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ލީޑަޝިޕް އެންހޭންސްމަންޓް ޓްރެއިނިން ޕްރޮގްރާމް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ 51 މުވައްޒަފުންނާއިއެކު ލީޑަޝިޕް އެންހޭންސްމަންޓް ޓްރެއިނިގ ޕްރޮގްރާމްގެ 7 ވަނަ ބެޗް ފަށައިފިއެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޕްރޮގްރާމަކީ ސްޓެލްކޯގެ ޓީމު ބާރުވެރި ކުރުވުމަށް ކުރައްވަމުން ގެންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. ލީޑަރޝިޕްގެ ހުނަރުތައް އިތުރުކުރުމަށްޓަކައި ކުންފުނީގެ 51 މުވައްޒަފުން އެއްތަނަކަށް ޖަމާވުމަކީ ވަރަށް ބޮޑު ހިއްވަރެއް ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން މުވައްޒަފުންނަށާއި މުޅި ސްޓެލްކޯއަށްވެސް ކާމިޔާބު މުސްތަގުބަލަކަށް މަގުފަހުވެގެންދާ ކަމަށެވެ.

މުޅި ކުންފުނީގެ ލީޑާޝިޕް ކެޕޭސިޓީ މަތިކުރުމުގެ ފުޅާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 368 އަށްވުރެ ގިން މުވައްޒަފުން ކާމިޔާބުކަމާއެކު ނިންމާލައިފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ކޮންމެ މުވައްޒަފަކަށްވެސް މި ފުރުސތު ފޯރުކޮށްދިނުމަށް މަަސައްކަތް ކުރައްވާކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. ސްޓެލްކޯގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުންފުނީގެ ހުރިހާ ލެވެލެއްގެ މުވައްޒަފުންގެ ކިބައިގައި ލީޑާޝިޕް ހުނަރު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިންގެ ހަތްވަނަ ބެޗު ފަށައިފައިވަނީ ގިރިފުށީގައެވެ. މިއީ އެމްއެންޑީއެފްގެ އެއްބާރުލުމާއެކު ސްޓެލްކޯއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: