ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ކަންބޮޑުވާކަށް ނުޖެހޭ، ބަޖެޓު މަސައްކަތްތައް ދަނީ ގާނޫނާއި އެއްގޮތަށް: ޝުޖާއު

ޝުޖާއު ބަޖެޓު ކޮމިޓީގައި: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައިވަނީ، އެމްޑީޕީން ބަޖެޓުގެ މަސައްކަތްތަކާ މެދު ކަންބޮޑުވުން ފާޅުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޕީއެންސީން އަމަލުކުރަމުންދަނީ ޤާނޫނާ އެއްގޮތަށް ކަމަށެވެ.

މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން، ޝުޖާއު ވިދާޅުވީ ޕީއެންސީން ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާ މެދު އެމްޑީޕީން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަކީ އަސްލު ބަޖަޖެޓު ފާސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތާ ގުޅޭ މައްސަލަތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާއި، ފިނޭންސް މިނިސްޓަރު އަދި އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯދުމަކީ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އެންމެ ރަނގަޅު ގޮތް ކަމަށާއި، މި ކަމާ ގުޅިގެން ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މި މަސައްކަތްތައް ކުރުމަށް ސުންގަޑިއެއް ކަނޑައަޅާފައިވާ ކަމަށާއި، އެހެންކަމުން މާދަމާގެ ނިޔަލަށް ކޮމިޓީ ރިޕޯޓު ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވުމަކީ އެކަށީގެންވާ ކަމެއްތޯ ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވީޅުވީ، މިގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމުން ކަނޑައެޅިފައިވާ ކަންކަން ނިމިގެންދާނެ ކަމަށާއި، ކޮމިޓީގެ މަސައްކަތްތައް ކަނޑައެޅިފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އިތުރަށް ޝުޖާއު ވިދާޅުވީ، ސަރުކާރުން މަސައްކަތްތައް ކުރަމުންދަނީ މާލިއްޔަތު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށާއި، ސަރުކާރުން ބަޖެޓު ހުސްކޮށްލާފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ، އަދިވެސް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ބަޖެޓުގައި ބާކީ ހުރި ކަމަށެވެ. ނނަމަވެސް، ކުރީގައި އެމްޑީޕީން މިފަދަ ގޮތަކަށް އަމަލުކޮށްފައިވާތީ، އެ ޕާޓީގެ ކަންބޮޑުވުންތައް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.ެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ޕީއެންސީން މަސައްކަތްކުރަމުންދަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށާއި، ބަޖެޓު ހުސްވުމުގެ ކުރިން އަންދާޒާތަކެއް ކޮށް، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ޝުޖާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީން ކަންކަން ކުރަމުންދަނީ އެމްޑީޕީން ކުރިން ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތްތައް ކުރި ގޮތާ ތަފާތު ގޮތަކަށެވެ. އަދި ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުވުމަކީ ޕީއެންސީއަށް މާ ރަނގަޅު ކަމެއް ކަމަށް ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވާޅުވީ، ގިނަ އަދަދެއްގެ ބިލްތައް ސިސްޓަމަށް އަޅާލުމަށްފަހު ފައިސާ ނުދައްކާ ހުރިކަން އެމްޑީޕީއަށް އެނގޭ ކަމަށާއި، އެހެންކަމުން މިނިސްޓަރު ހާޒިރުވުމުން އެ ޕާޓީން ކުރާނެ ގިނަ ސުވާލުތަކެއް ހުންނާނެ ކަމަށެވެ.

ޝުޖާއު ހުށަހެޅުއްވީ ކަންކަން ހުރި ގޮތުން މާދަމާގެ ނިޔަލަށް ރިޕޯޓު ފައިނަލް ކުރާ ގޮތަށް ތާވަލަށް ބަދަލުތަކެއް ގެނައުމަށެވެ. އަދި ވިދާޅުވީ، މިގޮތަށް ޝެޑިއުލް ބަދަލުކޮށްފިނަމަ، ލަފާ ހޯދަންޖެހޭ ތިން ފަރާތް އެކުއެކީގައި ކޮމިޓީއަށް ގެނެސްގެން ސުވާލުތައް ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: