ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ އުރީދޫގެ ލަކީ ޑްރޯއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯއެއް މިއަދު އިއުލާނުކޮށްފިއެވެ.

ދޯހާ މެރެތަން އޮންނާނީ 17 ޖަނަވަރީ 2025 ގައި ގަތަރުގައެވެ. މިލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް 26 އޮކްޓޯބަރއިން ފެށިގެން 26 ނޮވެމްބަރ 2024 ގެ 23:59 އާއި ހަމައަށް ބައިވެރިވެވޭނެއެވެ. އަދި ނަސީބުވެރި 2 ފަރާތަށް ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ލަކީ ޑްޜޯގައި ބައިވެރިވުމުގެ ޝަރުތުތައް:

  • އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން 1 އެއްއަހަރު ދުވަހުހުރުން، ލަސްވެގެން 1 އޮކްޓޯބަރ 2023އިން ފެށިގެން
  • ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.
  • ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން
  • 26 އޮކްޓޫބަރ 2024 ގެ 23:59ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން

ލަކީޑްރޯގައި ބައިވެރިވުމަށް އުރީދޫއިން ދޯހާ މެރެތަންއަށް ހާއްސަކޮށްފައިވާ ލިންކަން ޒިޔާރާތްކުރުމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: