ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް ތަރައްގީ ކުރަން އަހަރަކު 200 މިލިއަން ރުފިޔާ ދޫކުރަން ނިންމައިފި

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް ތަރައްގީ ކުރުމަށް އަހަރަކު 200 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައިސަލް ވިދާޅުވި ގޮތުގައި، މި ފައިސާ ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، އެސްޑީއެފްސީ އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ. މިއީ ޓޫރިޒަމް ނެތް ސަރަހައްދުތަކުގައި އެ ދާއިރާ ތަރައްގީ ކުރުމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ހައްލެއް ހޯދުމަށް އަޅާ ފިޔަވަޅެކެވެ.

”މި ލޯނު ސްކީމް މެދުވެރިކޮށް ރަނގަޅު އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރެވޭނެ. މިއަންނަ އަހަރު ތެރޭގައި މި ސްކީމް ފެށޭނެ,“ މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް ފަތުރުވެރިކަން އަލަށް ފަށާ ސަރަހައްދުތަކުން ނެގުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ޓޫރިޒަމް ތަރައްގީ ކުރުން ކަމަށް ފާހަގަކުރައްވަމުން، ކޮންމެ އަތޮޅެއް ވަކިން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”މި ދާއިރާއަށް ޒުވާނުން ނެރުމަށް ޓަކައި ރެސްޓޯރެންޓް، ލޯންޑްރީ އަދި ވޯޓާ ސްޕޯޓްސްގެ ވަކި ވިޔަފާރިތައް ތަރައްގީ ކުރުމަށް ރޭވިފައިވޭ,“ މިނިސްޓަރ އިތުރަށް ވިދާޅުވިއެވެ.

މި އިޢުލާނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. މި ލ ލޯނު ސްކީމްގެ ސަބަބުން ފަތުރުވެރިކަމަށް އިތުރު އެނދުތަކެއް ނެރުމަށް މަގުފަހިވެ، ރާއްޖޭގެ އިޤްތިޞާދަށް ފައިދާ ކުރާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: