ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެސިޓީގެ ހޮސްޕިޓަލުތައް އެއް ކުޑައެއްގެ ދަށުން ހިންގަން ނިންމުމަކީ ފައިދާހުރި ނިންމުމެއް: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެސިޓީގެ ހޮސްޕިޓަލުތައް އެއް ކުޑައެއްގެ ދަށުން ހިންގަން ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް ރަނގަޅު އަދި އެހާމެ ފައިދާ ހުރި ނިންމުމެއް ކަމަށް ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭ ހޮސްޕިޓަލުގައި ދަތުގެ ފަރުވާތަކުގެ ހިދުމަތް ދޭން ފަށައިފައިވަނީ ރޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ވިލިމާލެ ހޮސްޕިޓަލުގައި މި ހިދުމަތް އިފްތިތާހު ކުރުމަށް ވިލިމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމްއެވެ. އަދި މި ރަސްމިއްޔާތުގައި މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލިމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރެވުނު މި ހިދުމަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މަބްރޫކް ވިދާޅުވީ، މި ހިދުމަތަކީ ކޮންމެ ހަފްތާއަކު ވަކި ދުވަސްތަކެއްގައި އެ ހޮސްޕިޓަލުން ދޭނެ ހިދުމަތެއް ކަމަށާއި މިވަގުތު މިހިދުމަތް ދޭނީ އައިޖީއެމްއެޗްގެ ޑެންޓަލް ޑިޕާޓްމަންޓާ ގުޅިގެން ކަމަށެވެ

ރައީސް މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހު ޓްރާންސިޝަން ޕީރިއަޑްގައި ވެސް އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރައްޔިތުންނަށް ދޭ ސިއްޙީ ހިދުމަތްތައް ހުންނަ ގޮތް ބައްލަވާލެއްވުން ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ވިލިމާލޭ ހޮސްޕިޓަލުގައި ދަތުގެ ހިދުމަތް ދޭން ފަށާއިރު ވިލިމާލޭގައި 100 އެނދުގެ ޓަރޝިއަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރެވޭ ހޮސްޕިޓަލެއް ކަމަށާއި ހޮސްޕިޓަލު އަޅާނެ ބިންވެސް މިހާރު ލިބިފައިވާ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މަބްރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: