ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިޔަށް އޮތް ފަސް އަހަރަށް ސްޓެލްކޯގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންއެއް

ސްޓެލްކޯ ހާސިލު ކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެ ކުންފުނީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއެއް އިފްތިތާހު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ފަސް އަހަރަށް ސްޓެލްކޯ ހާސިލު ކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެ ކުންފުނީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އިފްތިތާހުކޮށްފި އެވެ.

2024-2028 ގެ ސެޕް ޕްލޭން ސްޓެލްކޯއިން އިފްތިތާހުކޮށްފައި ވަނީ އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނެފައި ވަނީ ޕްލޭންއަކީ ފަހުމީ މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެއަށް އަންނަމުން މިދާ ތަރައްގީއާއި ތަހުޒީބާއި ކުރިއެރުންތަކާއި އެއް ހަމައަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރީ ކޮން މަސައްކަތްތަކެއްތޯ ބަލައި ކުންފުނީގެ ބޯޑުގެ ލަފާގެ ދަށުން ތައާރަފު ކުރި ޕްލޭން އެކެވެ. މި ޕްލޭން އެކުލަވާލުމުގައި ކުންފުނީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކަށް ކުރިއެރުވުމަށާއި، ހިދުމަތުގެ ސްޕީޑާއި މަސައްކަތް އަވަސް ކުރުމަށް މަގުފަހިވާނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަމަށް އިސްކަން ދީފައި ވެއެވެ.

ޕްލޭން އެކުލަވާލުމުގައި އަސާސްތަކެއްގެ ގޮތުގައި ބަލާފައި ވަނީ، ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި ހިދުމަތުގެ ކުރިއެރުމާއި ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމާއި އެކު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމެވެ.

ސްޓެލްކޯއިން ބުނީ ޕްލޭން އެކުލަވާލުމުގައި މަސައްކަތް ކުރީ ކުންފުނީގެ އެކި ދާއިރާތަކުގެ ޓެކްނިކަލް އަދި މެނޭޖިރިއަލް މުވައްޒަފުންނާއި އެކު އެކުލަވާލި އިލްމީ ގާބިލު ޓީމަކުން ކަމަށެވެ. އަދި ޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައި ވަނީ، ކުންފުނީގެ ސްޓްރެޓެޖިކް ކޮމިޓީގެ ހާއްސަ ބެއްލެވުމާއި އިރުޝާދުގެ ދަށުންކަމަށް ވަނީ ބުނެފަ އެވެ.

މި މަސައްކަތުގެ ތެރެއިން، ކުންފުނި ހިންގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އިސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދައި، ކުންފުނީގެ މިޑްލް މެނޭޖްމަންޓްގައި ހިމެނޭ ޔުނިޓް އިސްވެރިންނާއި އެ މުވައްޒަފުންގެ ދަށުން މަސައްކަތްކުރާ ޓީމުތަކުގެ ހިޔާލާއި އެއްގޮތަށް ޑިޕާޓްމަންޓްތައް ހިންގުމުގެ ޕްލޭންތައް ސެޕްގައި ވެއެވެ. ޕްލޭންގައި ގައި އެކުލަވާލެވިފައިވާ ފްރޭމްވޯކްގައި 5 ސްޓްރެޓިޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ވަނީ ކަނޑައަޅާފަ އެވެ.

މިހާރު ތައްޔާރުކުރެވިފާ މިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤައުމަށާއި ޔުޓިލިޓީ ހިދުމަތްތަކުގެ ސިނާއަތްތަކަށް ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީންނާއި، ސްޓެލްކޯގެ ސްޓްރެޓެޖިކް ކޮމިޓީގެ ލަފާގެ މަތިން ތައްޔާރުކުރެވި އަދި، ކުންފުނީގެ ބޯޑުގެ ފުރިހަމަ ތާޢީދާއެކު އެކުލަވާލެވިފައިވާ ޕްލޭނެއް.

މި ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ކޮންމެ ޑިޕާޓްމަންޓަކަށްވެސް އެކްޝަންތަކަކާއި ޓާގެޓްތަކެއް ކަނޑައެޅިފައިވާއިރު ޓާގެޓްތައް ހާސިލު ވޭތޯ މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމު ކުރެވެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ފަހުމީ ވިދާޅުވީ ޒަމާނީ ވިސްނުމާއި އެކު ތައްޔާރު ކުރި މި އެކްޝަން ޕްލޭނަކީ މުސްތަގުބަލް ކަނޑައެޅުމުގެ ހަރުދަނާ ބިންގަލެއް ކަމަށެވެ. އަދި މިފަދަ ޕްލޭނެއް އޮތުމުން ކުންފުނި ހިންގުމަށް އިތުރަށް ފަސޭހަވެ، ހުރިހާ ދާއިރާއަކުންވެސް އެއް އަމާޒަކަށް މަސައްކަތްކުރެވި، ހިންގުން ހަރުދަނާކުރެވިގެން ދާނެކަމަށް ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ކުންފުނީގެ މާލިއްޔާއިން ކުރެވޭ ހަރަދުތަކަކީ ކުންފުނިން އެކަށައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިވެގެންދާ ގޮތަށް ކުރެވޭ ހަރަދުތަކެއްކަމަށް ވެގެންދާނެ ކަމަށެވެ. އަދި ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތި ކުރެވި، ރައްޔިތުންނާއި ކުންފުންޏާއި ދެމުދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ރަނގަޅު ކުރެވިގެންދާނެކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: