ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުން ފެނިގެންދަނީ ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދޭނެ ގޮތެއް ހޯދިފައި ނެތްކަން: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުން ފެނިގެންދަނީ ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދޭނެ ގޮތެއް ހޯދިފައި ނެތްކަން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާއި ގުޅިގެން ގިނަ ކަންބޮޑުވުން ތަކެއް އެމްޑީޕީގެ ހުރި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒްވެސް ވަނީ އެކަމާއި މެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޝާހިދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުޢިއްޒު އިންތިޚާބުގެ ތެރޭގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މާލީ ހާލަތުވެސް އެނގިވަޑައިގަންނަވާކަމަށާއި އަދި ވަޢުދުތައްވެސް ފުއްދަވާނެކަމަށެވެ. އެހެން ނަމަވެސް، ވެރިކަމަށް އަހަރެއްވާން ގާތްވެފައި ވަނިކޮށް ހުށަހެޅުއްވި ބަޖެޓުގައި ރަނގަޅު ޕްލޭނެއް ނުވަތަ ރޭވުންތެރިކަމެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. މި ބަޖެޓުން ރައްޔިތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސްތައް ބޮޑުކުރުމުން އެ ފަރާތްތަކުގެ ފުއްދުންތެރިކަން ދަށްވެ، އިޤްތިސާދީ ނަފާއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޓެކްސް އާމްދަނީއާ ނުބައްދަލު މިންވަރަކަށް ޚަރަދު ބޮޑުކުރުމުން މާލީ ދެމެހެއްޓެނިވިކަން ގެއްލިގެންދާނެ ކަމަށާއި މި ބަޖެޓުގައި ރައްޔިތުންނާ ގުޅުންހުރި ޚައްޞާސް ބައިތަކުން ޚަރަދު ކުޑަ ކުރާނެ ކަމަށް ބުނެފައި ވާއިރު ސަރުކާރުން ކުރާ އިސްރާފާއި ސިޔާސީ މަޤާމްތަކުގެ މުސާރައާއި އިނާޔަތްތަކަށް ހޭދަކުރާ މިންވަރު ކުޑަކުރަން މަސައްކަތް ކުރާ ތަން ބަޖެޓުން ނުފެންނަ ކަމަށެވެ.

ދައުލަތުގެ ރިކަރަންޓް ޚަރަދު ދަނީ މައްޗަށާއި ހަމައެއާއެކު، މި ބަޖެޓު ފޫބައްދަން 16.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ފައިސާ ހޯދާނެ ގޮތުގެ ހަރުދަނާ ރޭވުންތެރިކަމެއް ބަޖެޓުން ނުފެންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މީގެ ބޮޑުބައި ހޯދުމަށް ޖަހާފައި އޮތީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ކަމަށް ފާހަގަކޮށް ޒަމާންވީ ޚާރިޖީ ގުޅުންތަކަށް މި ސަރުކާރުގެ ޢަމަލުތަކުން ނޭދެވޭ އަސަރުކޮށްފައިވާކަމަށާއި މި ފައިސާ ހޯދުމަށް މިހާރުވެސް ސަރުކާރުވަނީ ނުކުޅެދިފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ މި ބަޖެޓަކުން އެކަމަކަށް ތަސައްލީއެއް ނުހޯދޭނެ ކަމަށާއި މި ބަޖެޓުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އަންނަ އަހަރު ދަށްވާނެ ކަމަށެވެ. ވިޔަފާރިތަކުގެ ފައިދާ ދަށްވާނެ ކަމަށާއި އިޤްތިސާދީ ދުވެލި ބުރަކި ޖެހި، ސަރުކާރުން ދަނީ އެމްޑީޕީ ސަރުކާރުން ގެނައި ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތު ބަދަލުކޮށް، ސިއްރުވެރި ވަންހަނާ ސިޔާސަތަކަށް ބަދަލުކުރަމުން ކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބަޖެޓުގައި އަބަދުމެ ހުންނަ ތަފްސީލުތައް ސަރުކާރުން ވަނީ ފޮރުވާފައި ބަޖެޓުގެ މުހިއްމު ތާވަލުތައް ވަނީ ގެއްލުވާލައިފައި ކަމަށާއި ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު 2 ބަޔަކީ މުވައްޒަފުންގެ މުސާރަ އާއި ތަރައްޤީގެ މަޝްރޫޢުތައް ކަމަށެވެ. މުވައްޒަފުންގެ މުސާރަ ބެހިގެންދާ ގޮތުގެ ތަފްސީލެއް ބަޖެޓުގައި ނެތް ކަމަށާއި ތަރައްޤީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ 12 ބިލިއަން ރުފިޔާ ޚަރަދު ކުރަނީ ކޮން ރަށެއްގެ ކޮން މަޝްރޫޢަކަށް ކަމެއް އެނގޭކަށް ނެތް ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން ރައްޔިތުންނަށާއި ރައްޔިތުންގެ މަންދޫބުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅޭ އަދި ވައްކަމާއި ފަސާދައަށް މި ބަޖެޓު ހުޅުވިގެންދާ ކަމަށާޢީ މި ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް ކަމަށް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: