ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަތީޖާ ދަށް ކުދިންނަށް ގައުމީ ހިދުމަތުގެ ޕްރޮގްރާމެއް؛ ޕޮލިހާއި ސިފައިންގެއަށް ވަނުމުމަށް ތަމްރީނު ކުރަނީ

ނަޞްރު ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް އަންނަ އަހަރު އެކުލަވާލައި، ގާނޫނެއްގެ ދަށުން ސްކޫލު ނިންމާ ދަރިވަރުންނަށް ފުލުހުންގެ ހިދުމަތާއި ސިފައިންގެއަށް ވަނުމުގެ ތަމްރީނުގެ ފުރުސަތު ސަރުކާރުން ހުޅުވާލާނެކަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނު ކުރެއްވީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބެއްވި ރަސްމީ ޖަލްސާގަ އެވެ.

އެމްއެންޑީފްއަށް އޮފިސަރުން ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް އެބަހުރިކަން ފާހަގަކޮށް، މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނެތްކަމަށެވެ. އެގޮތުން އޯލެވެލް އިމްތިހާނައަށް ފަހު، އޭލެވެލްއަށް ކިޔަވަން ނުފަށާ ދެހާސް ނުވަތަ ތިންހާހާއި ގާތް ކުރާ އަދަދަކަށް ކުދިން ތިބިއިރު އޭލެވެލްއަށް ފަހު ނުވަތަ ޑިގްރީއަށް ފަހު އިތުރަށް މަތީ ތައުލީމު ކުރިޔަށް ނުގެންގޮސް ވަޒީފާއެއް ބޭނުންވާ ގިނަ ކުދިން ވެސް ތިބިކަން ރައީސް ފާހަގަކުރެއްވި އެވެ.

ބައެއް ކުދިންނަކީ ވަޒީފާއެއް ނެތުމުގެ ސަބަބުން، މަގުމަތީގައި ގިނަ ވަގުތުތައް ހޭދަކޮށް ނުބައި ގޯސް އަދަތަކުގައި ޖެހިފައިވާ ކުދިންކަމަށާއި ނަތީޖާއެއްގެ ގޮތުން އާއިލާތަކުން އުފުލަން ޖެހޭ ހިތާމައާއި އުނދަގޫތައް ނުހަނު ބޮޑުކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި ކުދިންނަކީ ރަނގަޅު ތަރުތީބެއް ދެވި، މިލިޓަރީ ތަމްރީނު ދެވޭ ހާލަތުގައި ގައުމާއި އެ ކުދިންގެ އާއިލާއަށްކޮށްދެވޭ ނުހަނު ބޮޑު ހިދުމަތެއް ކަމަށެވެ.

ސިފައިންގެ މި ހިދުމަތަށް އަޅުގަނޑުމެން މި ބޭނުންވާ ސްކޭލްގައި، ކުރިޔަށް އޮތް ހަތަރު އަހަރަށް ބޮޑު ކުރަން ބޭނުންވާނަމަ، ކޮންމެ އަހަރަކު އިތުރު އެއްހާސް ކުދިން ރެކްރޫޓު ކުރުމަކީ ކުރަން ޖެހޭކަމެއް.. ހަމައެފަދައިން ފުލުހުންގެ ހިދުމަތް ވެސް ފުޅާ ކުރަންޏާ ކުރިޔަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެއްހާސް ފުލުހުން އިތުރު ކުރަން ޖެހޭ.. އެހެންވީމަ ޖުމްލަ ފަސް ހާހެއްހާ ޒުވާނުން އަޅުގަނޑުމެންނަށް މި ދެންނެވި ގޮތަށް ވަޒީފާއެއް ނެތިފަ، ތައުލީމެއް އެކަށީގެންވާ ގޮތަށް ނުލިބި.. މަގުމަތިވެފައި.. މަގުމައްޗަށް ގިނަވާ ކުދިންނަށް މި ފުރުސަތު ހޯދައިދެވި ރަނގަޅު ބަޔަކަށް ހެދިއްޖެއްޔާ އެ ލިބެނީ ވަޒީފާގެ ފުރުސަތު ވެސް ދެވިގެން ދަނީ.. މި ދެންނެވި ގޮތަށް ސިފައިންގެ ވަޒީފާއަށް ވެސް ގިނަ ބަޔަކު ލިބިގެން އެބަދޭ..

އެހެންކަމުން ނެޝަނަލް ސާވިސްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް އަންނަ އަހަރު ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. މި ޕްރޮގްރާމްގެ ދަށުން ނެޝަނަލް ސާވިސް ގާނޫނެއް ހެދި، އުމުރުން 16 އަހަރުވެ ތައުލީމު ހާސިލު ކުރެވުނު ހިސާބަކުން ދެން ކުރިޔަށް ނުދެވޭ ކުދިން ޕްރޮގްރާމްގައި ބައިވެރިވެ މިލިޓަރީ ތަމްރީނު ހޯދައިގެން ފުލް އޮފިސަރަކަށް ވާން ޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޕްރޮގްރާމްގެ ނަތީޖާއެއްގެ ގޮތުން ސިފައިންގެއަށް ހަތަރުހާސް އޮފިސަރުން އަދި ފުލުހުންގެ އޮފިސަރުންގެ ގޮތުގައި އެއްހާސް އޮފިސަރުން ލިބިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރެއިން 400 މިލިއަން ރުފިޔާ މިކަމަށް ހާއްސަ ކުރެވި ކޮންމެ އަހަރަކު 400 އިތުރު ކުރެވިގެން ދާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކުދިން މަގުމަތިވެ ބާކީވެފައި ތިބުމުގެ ބަދަލުގައި، ފުލުހުންގެ ތަމްރީނު ސިފައިންގެ ތަމްރީނު ލިބިފައި ތިބި އަހުލާގު ރަނގަޅު މުޖްތަމައަށް ފައިދާ ހުރި ބަޔަކަށް ވެގެން ދާނެ..

ރައީސް ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި 3.8 ބިލިއަން ރުފިޔާ ހިމެނޭނެކަމަށާއި، މި ބަޖެޓުގެ ތެރެއިން ނެޝަނަލް ސާވިސް ޕްރޮގްރާމަށް 400 މިލިއަން ހާއްސަ ކުރެވޭނެ ކަމަށެވެ. މިއީ ކަމާއި ބެހޭ ވުޒާރާތަކާއި އިދާރާތަކާއި މަޝްވަރާކޮށް، ނިންމާފައިވާ އަދަދުތަކެއްކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: