ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ދޭން ބުނި ސަބްސިޑީ އޮތީ ބަޖެޓުން އުނިކޮށްފައި: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަބްސިޑީ ރީފޯމްގެ ނަމުގައި އޮޅުވާލައިގެން، ރައްޔިތުންނަށް ދޭ ސަބްސިޑީގެ ބޮޑު އިންސައްތައެއް ބަޖެޓުން އުނިކޮށްފައިވާކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސަރުކާރުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ސަބްސިޑީ ރީފޯމް ކުރުން ހިމެނެ އެވެ. އެގޮތުން އެންމެ ބޭނުން ޖެހިފައިވާ މީހާ ދެނެގަނެ، ސީދާ އެ ރައްޔިތު މީހާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމު ކުރެވިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ބަޖެޓުގެ ކަންބޮޑުވުންތަކާއި އެކު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ހުރިި ބިލުތަކަށް ދެކޮޅު ހައްދަވައި ޝަމްހީދު ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށް ދޭ ހިދުމަތުން އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ހިމެނެނީ ކާޑުގެ ބާވަތްތައް ކަމަށެވެ. އެއަށް ފަހު ރައްޔިތުންގެ އެހެނިހެން ހިދުމަތްތަކަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ކަރަންޓާއި، ބޭސްފަރުވާ ހިމެނޭ ގޮތަށް 74 އިންސައްތަ އުނިކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ބަޖެޓުގައި ޖަހާފައި ހުރި ހަމައެކަނި އަދަދުތަކެއްކަމަށާއި، އަންނަ އަހަރުން ފެށިގެން ހަނޑޫ ކިލޯއެއް ބޮޑުވާ އަދަދެއް ނުވަތަ ކަރަންޓު ބިލު ބޮޑުވާނެ މިންވަރުގެ އެއްވެސް އަންދާޒާއެއް ނެތްކަމަށެވެ. ޝަމްހީދު ވިދާޅުވީ ބަޖެޓުން ފެންނަން އޮތް ހަގީގަތަކީ، މިއަދާއި ހަމައަށް ސަރުކާރުތަކުން ރައްޔިތުންނަށް ދެމުން އައި ސަބްސިޑީތައް ކަނޑާލާފައި އޮތުމެވެ.

ބަޖެޓުގެ އާމްދަނީ އަންދާޒާއަށް ފާޑުކިއުން އަމާޒުކޮށް ޝަމްހީދު ވިދާޅުވީ، އާމްދަނީ ލިބޭނެކަމަށް އަންދާޒާ ކުރާ އަދަދާއި ހަރަދުތައް ހުރީ ވަރަށް ބޮޑުތަނުން ހިޔާލީ ގޮތަކަށް ކަމަށެވެ.

މަޖިލީހުގައި މިވަގުތު އޮތް ޓެކްސްގެ ބިލުތަކާއި ގުޅޭގޮތުން ޝަމްހީދު ވިދާޅުވީ، ޕީއެންސީގެ މެމްބަރުން ރައްޔިތުންނަށް ދެމުން ދަނީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އެގޮތުން މިއީ ރައްޔިތުންގެ ޖީބަށް ވާނެ ބުރައެއް ނޫންކަމަށް ބުނާއިރު، އެއީ ކޮން ގޮތަކުން ޖެހި ހިސާބެއް ތޯ އޭނާ ސުވާލު އުފެއްދި އެވެ. މަޒާޖީ މޭރުމަކުން ޝަމްހީދު ވިދާޅުވީ ދެން ކުރިޔަށް އޮތް ތަނުގައި ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭނީ ސިނގިރޭޓުގެ ޑީއުޓީން ކަމަށެވެ.

މީގެއިތުރަށް މެމްބަރު ވިދާޅުވީ ގްރިން ޓެކްސްއިން ލިބޭނެ އާމްދަނީ އާއި ސިނގިރޭޓުން ނަގާ ޓެކްސް އަކީ އެކީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: