ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާއި މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކުރުމަށާއި، ރިޔާސީ ދައުރު ފެށޭ ތާރީހަކީ ނޮވެމްބަރު 11 ކަމަށް ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

ރައްޔިތުންގެ މެދުގައި މީގެ ކުރިން ވެސް ބަހުސް ކުރެވިފައިވާ މުހިންމު ކަންކަމާއި ގުޅޭ ގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ވިސްނުން ގެންގުޅުއްވާތީ ފެންނަ ނުފެންނަ ވޯޓަކަށް ދިއުން ރައީސް ވަނީ މީގެ ކުރިން ހާމަކުރައްވާފަ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ރަސްމީ ޖަލްސާގައި ރައީސް ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރައްވާ ދުވަސް ނޮވެމްބަރު 11 އަށް ބަދަލު ކުރުމެވެ. ސިޔާސީ އޮއިވަރެއްގެ ސަބަބުން ތާރީހަށް ބަދަލެއް އައިސް، ވެރިކަމުގެ ހުވާ ތާރީހަކީ ނޮވެމްބަރު 17 ކަމަށް މިހާރު އޮތް އޮތުން ބަދަލުވާން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

އެ ނިންމުމަކީ ސީދާ އެމަނިކުފާނު ނުވަތަ ރައްޔިތުންގެ މަޖިލީހުން ވެސް ކަނޑައެޅޭ ވަރަށް ވުރެ ބޮޑު ނިންމުމަކަށް ވާތީ ދެން ދާން ޖެހެނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ކަމަށެވެ. އެގޮތުން ވެރިކަމުގެ ދައުރު ނިމޭނީ 2028، ނޮވެމްބަރު 11 ގައިކަމަށް ބަދަލު ކުރުމަށް ރައްޔިތުން ރުހޭތޯ ވޯޓަކަށް ދާނެކަމަށެވެ. އަދި ރައްޔިތުންގެ އާނ ބަސް އެކަމަށް ލިބުމުން ގާނޫނުއަސާސީއާއި ގާނޫނަށް ގެނަން ޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ގާތަށް ދާން މި ޖެހެނީ… ރައްޔިތުން ގާތު އަހާލަން އެބަޖެހޭ ފެންނަ ނުފެންނަ ވޯޓަކަށް ޖުމްހޫރީ ދުވަސް… މާނައަކީ މި ދައުރު ނިމޭ ދުވަސް 2028 ގެ ނޮވެމްބަރު 11 އަށް ބަދަލު ކުރަން… ހަފުތާއެއް ކުރުވުން… ރައްޔިތުން އެގޮތަށް ރުހެންތޯ އަޅުގަނޑު އަހާލާނަން ރައްޔިތުންގެ ގާތު…

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ދެވަނަ ހުށަހެޅުމަކީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ރިޔާސީ އިންތިހާބަށް ފަހު، ތިން މަސް ދުވަހުގެ ތެރޭގައި އިތުރު ބޮޑު ހަރަދުތަކެއް ހިނގާ މަޖިލިސް އިންތިހާބު އޮތުމެވެ.

އެހެންކަމުން ރައްޔިތުން އެގޮތަށް ރުހޭނަމަ، 2028 ގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުގައި ހުރަހެއް ނޯންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ތިންވަނަ ކަމަކަށް ރައީސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ބަދަލުގައި ކާމިޔާބު ކުރާ ކެންޑިޑޭޓު ކަނޑައެޅުމުގައި އަމަލު ކުރެވިދާނެ ގޮތެއް ހޯދުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: