ވެރިކަމުގެ ޒިންމާއަށް އަމާނާތްތެރިވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ހުންނަވަނީ ދިވެހި ރައްޔިތުންގެ ފަޅީފައިކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އާދަމް ނަސީރު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ދޭން ބޭފުންފުޅުވާ ހިދުމަތްތަކާއި އަދި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭ ވިސްނުން ރައީސް މުއިއްޒު ހާމަކުރައްވަމުން ގެންދަވަނީ ވަރަށް ހިކުމަތްތެރިކަމާއި އެކުކަމަށެވެ. ދިވެހިރައްޔިތުން އިތުބާރުކޮށް ހަވާލުކުރި އަމާނާތަށް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އާދަމް ނަސީރު ވިދާޅުވިގޮތުގައި ދިވެހިރައްތުން އިސްކުރައްވައިގެންނެވެ.
އާދަމް ނަސީރު ވިދާޅުވީ ރައީސް މުއިއްޒު ގައުމު ހިންގަވަމުން ގެންދަނީ، ހުރިހާ ރައްޔިތުން ވެސް ޝާމިލުވާ ސިޔާސަތެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ދިވެހި ގައުމާއި މެދު ދެކިވަޑައިގަންނަވާ ގޮތް ހުށަހަޅުއްވައިދެއްވަމުން، ވެރިކަމުގެ އަމާނާތުގެ ޒިންމާ ވެސް އެމަނިކުފާނު އަދާކުރައްވަމުން ދަނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެންކަމަށް އާދަމް ނަސީރު ވަނީ ވިދާޅުވެފަ އެވެ.
ހަވާލުކުރެއްވީމާ އެމަނިކުފާނު ވިދާޅުވާ ދެ އިބާރާތެއް ފާހަގަކޮށްލާނަން، އެއް އިބާރާތަކީ ތިމަންމަނިކުފާނު އަބަދުވެސް ހުންނަވާނީ ދިވެހިރައްޔިތުންގެ ފަޅީގައޭ.. މިކަން ކަށަވަރުވަމުން ފެންނަމުން ދަނީ.. ދެވަނަ އިބާރާތަކީ ތިމަން މަނިކުފާނު ވެރިކަން ކުރައްވަން ބޭނުންފުޅުވަނީ ތިރިން މައްޗަށޭ.. އޭގެ މާނައަކީ ދިވެހި ގައުމުގެ ހުރިހާ ފަށަލައެއް ޝާމިލުވާ.. ހުރިހާ ފަށަލަތަކެއް ބައިވެރިވާ، ތިރިން މައްޗަށް ގައުމާއި މެދު ހުރިހާ ހިޔާލުތަކެއް.. ހުރިހާ ފިކުރުތަކެއް، ހުރިހާ އެކުލަވާލުންތަކެއް، އެކަށަހެޅިގެން އަންނަ ގޮތެއްގައޭ.. އެހެންވީމަ އަޅުގަނޑު މިދަންނަވާލީ ވިހިވަނަ ގަރުނުގައި ދިވެހިން ދުށް ހުވަގެން ހަގީގަތަށް ވަމުން ދަނީ މިއަދުގައޭ..
އާދަމް ނަސީރު އިތުރަށް ވިދާޅުވީ، ޖުމްހޫރިއްޔަތެއްގައި ރައްޔިތުންނަށް ލިބޭ ހަގީގީ ފައިދާ ބިނާ ވެގެން ދާނީ ވެރީންގެ އިހުލާތެރިކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން ބަލާއިރު، އަދުގެ ރައީސް މުއިއްޒުގެ ހިތުގައި އޮތް ލޯބި މި ގައުމަށް ހުށަހެޅުއްވީ ސާފުކަމާއި އިހުލާތެރިކަމާ އެކުގައި ކަމުގައްޔާއި، އެ އިހުލާތެރިކަން ދިވެހި ރައްޔިތުން ގަބޫލު ކުރި ކަމުގައި ވިދާޅުވި އެވެ.
މީގެއިތުރުން މި ހުވަފެން ހަގީގަތަކަށް ހެއްދެވުމުގެ އަމަލީ މަސައްކަތް ވެސް ރައީސް ވަނީ ފަށްޓަވާފައި ކަމުގައި ވިދާޅުވެ، 20 އަހަރު ދުވަހުގެ ސްޓްރެޓީޖިކް މާސްޓަރ ޕްލޭނަށް އަލިއަޅުއްވައިލައްވައިފައިވެ އެވެ. އަދި މަސައްކަތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

