ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ނޫން އިތުރު ސަރަހައްދުތަކަކުން ޕާސްޕޯޓާއި އައިޑީގެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި!

ރައީސް މުއިއްޒު އަދި މިނިސްޓަރު އިހުސާން އާއި ވަޒީރުން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާސްޕޯޓާއި އައިޑީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އިފްތިތާހުކުރި މަޝްރޫޢުގެ ތެރެއިން ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތްތައް މާލެ ނޫން އިތުރު 5 ސަރަހައްދެއްގައި ފަށައި އައިޑީ ކާޑުގެ ހިދުމަތްވެސް އިތުރު ސަރަހައްދުތަކެއްގައި ފައްޓައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތްތައް ރައްކައުތެރި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުއެވެ.

މިއަދު ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތެރެއިން ފަސް ސަރަހައްދެއްގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތްތައް ރައީސްވަނީ ފައްޓަވައިދެއްވާފައެވެ. ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ބެއްލެވުމުގެ ދަަށުން ކުރިއަށް ގެންދިޔަ މި މަސައްކަތްތަކުގައި ޕާސްޕޯޓު ދޫކުރަން ފަށާފައިވަނީ، ހުޅުމާލޭގެ ދެ ފިޔަވައްސާއި ދ ކުޑަހުވަދޫގެ އިތުރުން ލ ފޮނަދޫ އާއި ވިލިމާލޭގައެވެ. އައިޑީ ކާޑުގެ ހިދުމަތްތައްވެސް މާލެ ނޫން ތިން ތަނެއްގައި ދޭން ފަށާފައިވެއެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ އިތުރުން ހުޅުމާލޭގެ ދެ ފިޔަވަހިންވެސް މި ހިދުމަތްތައް ލިބިގަނެވޭނެކަން ފާހަގަކުރެވެއެވެ. މިނިސްޓްރީއިންވަނީ 2025 ވަނަ އަހަރުގެ ތެރޭގައި އިތުރު 21 ތަނެއްގައިވެސް ހިދުމަތްތައް ދޭން ފެށޭނެކަން ރަސްމިއްޔާތުގައި ހާމަކޮށްފައެވެ.

މިނިސްޓަރު އިހުސާންވަނީ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސައްކަތްތަކާއި ގުޅިގެން އުފެދޭނެ ބައެއް ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން މި މަސައްކަތްތަކުގެ ތެރެއިން އެންމެ އަހައްމިއްޔަތު ދެވިފައިވަނީ މައުލޫމާތުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކަމަށް ވާހަކަތަކުން ދޭހަވާއިރު، ދެންވެސް އައިޑީ ކާޑަށް ހުށައެޅުމުން އެޕްލިކޭޝަން ޕްރޮސެސްކުރާނީ ޑިޕާޓުމެންޓް އޮފް ނެޝިނަލް ރެޖިސްޓްރޭޝަންއިންކަމާއި ރަށްތަކުނާއި ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ތަންތަނުން ކުރާނީ ހުއްދަ ދެވިފައިވާ އައިޑީ ނުވަތަ ޕާސްޕޯޓު ޕްރިންޓް ކުރުމާއި ދޫކުރުމުގެ މަސައްކަތްތައްކަމަށް މައުޅޫމާތު ދެއްވިއެވެ.

މިހާރު މަސައްކަތްތައް އިންތިޒާމުކުރެވިފައިވާގޮތުން އެކަކުގެ އައިޑީކާޑު ދެ ފަހަރަކަށް ޕްރިންޓް ކުރުން ފަދަ މައްސަލަތައް ނުނުކުންނާނެކަމަށްވެސް ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނާއި ގާތުން ހިދުމަތްތައް ދިނުމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މި ހިދުމަތްތައް ފުޅާކުރެއްވުމަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުގެ މަތިން ކުރެވޭ މަސައްކަތްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: