ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ނިޢުމަތެއް: ސާޖިދާ

ޝެއާރކޮށްލާ ކަހަލަދޯ؟

ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ނިޢުމަތެއް ކަމަށާއި އެކަމަކީ އިންސާނާގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިހެން ވިދާޅުވީ 2024 ވަނަ އަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފްލާގައި އެ ކަމަނާ ދެއްކެވި ވާހަކަފުޅުގައި، ފަގީރު ޤައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިވެ، ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓުގައި ހިމެނި، ދިވެހީންގެ ޙާލަތަށް އައި ބަދަލާއެކު، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ބަލިތައް އާންމުވާން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުރީން ދިވެހީންގެތެރޭގައި އާންމުވެފައިވާ ގައިންގަޔަށް އަރާ ބަލިތަކުގެ ބަދަލުގައި، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ކެންސަރާއި، ހަކުރުބައްޔާއި، ހިތުގެ ބަލިތައްފަދަ ގައިންގަޔަށް ނާރާބަލިތައް އާންމުވާން ފަށާފައިވާކަން އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސާޖިދާ ވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މި ހަފްލާގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ހަކުރު ބައްޔަކީ ގައިންގަޔަށް ފެތުރޭ ބައްޔެއް ނޫން ނަމަވެސް އެ ބައްޔަކީ ވާރުތަކުރާ ބައްޔެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިރިއުޅުމުގެ އާދަތައް އިޞްލާޙުކުރުމުން އެ ބަލީގެ ނުރައްކާ ކުޑަކުރެވޭނެ ކަމަށާއި ދިރިއުޅުމާއި ކެއިންބުއިމުގެ އާދަތައް ބެހެއްޓޭ ގޮތުގެ ސަބަބުން ބަލި ޖެހުމާއި ބަލީގެ ގެއްލުން ބޮޑުވުން ބިނާވެފައިވާކަން އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ”ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް“ އިފްތިތާޙްކޮށްދެއްވާފައެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ ދެމެހެއްޓެނިވި ބަދަލެއް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެސްގެން ހަކުރުބައްޔާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވޭ މިންވަރު ދެނެގަތުމެވެ. މި ޕްރޮގްރާމުގެ ދަށުން ދިއްގަރުގެ 16 އަހަރުން މަތީގެ އާބާދީއަށް އަމާޒުކޮށް ސްކްރީން ކުރެވި، ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކުރެވޭ އާބާދީއަށް އަމާޒުކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލުގެ ސަބަބުން އެ މީހުންގެ ޞިއްޙީ ޙާލަތަށް އަންނަ ބަދަލު ވަޒަންކުރެވޭނެއެވެ. މި ޕްރޮގްރާމް ހިންގުމަށްޓަކައި ދިއްގަރުން ހޮވާލެވުނު 10 ފަރާތަކަށް ލައިފްސްޓައިލް ކޯޗުންގެ ގޮތުގައި މިހާރު ވަނީ ތަމްރީނު ދެވިފައެވެ.

މިއަހަރުގެ ހަކުރު ބަލީގެ ދުވަހަށް އިންޓަނޭޝަނަލް ޑައިބިޓީސް ފެޑެރޭރަޝަނުން ކަނޑައަޅުއްވާފައިވާ ޝިޢާރު ކަމަށްވާ، ”ހަކުރުބައްޔާއި ދުޅަހެޔޮކަން“ މި ޝިޢާރުގެ ދަށުން ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އިސްކަންދެވޭނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: