ފަރުތަކާއި ކަނޑުތައް ހިޔާމަތްކޮށް ރައްކާތެރިކުރުމަކީ ބައިނަލްއަގްވާމީ ގޮތުން ގުޅިގެން ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްކަމަށް މޫސުމާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޡާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޮޕް29ގެ ހަވާސާގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އިން އިންތިޒާމްކޮށްގެން، މޫސުމަށް އަންނަ ބަދަލު ތަކާއި އެކު ދެމެހެއްޓެނިވިގޮތެއްގައި ފަރުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރުމަށް ސައިޑް އިވެންޓެއް ވަނީ ބާއްވާފައެވެ.
މި ސައިޑް އިވެންޓު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޡާރިޤް އިބްރާހިމް ވާހަކަފުޅު ދައްކަވަމުން ރާއްޖެއިން ފަރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން ސައިންޓިފިކް ދިރާސާތަކާއި މުޖުތަމައުގެ ބައިވެރިވުމާއެކު ރާއްޖޭގެ ފަރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކޮށް ކާމިޔާބީތައް ހޯދާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރުގައި މި ފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖެއިން ވަކާލާތު ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ފަރުތަކާއި ކަނޑުތައް ހިޔާމަތްކޮށް ރައްކާތެރިކުރުމަކީ ބައިނަލްއަގްވާމީ ގޮތުން ގުޅިގެން ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ސައިޑް އިވެންޓްގައި މުރަކަ ފަރުތައް ރައްކާތެރިކުރުމާއި، އިއާދަކުރުމާ ގުޅޭގޮތުން ޕްރެޒެންޓޭޝަންއެއް ވަނީ ހުށަހަޅާފައިއެވެ. އަދި ނިއުއީގެ ފަރާތުން، ފަރުތައް ހިމާތަތްކުރުމުގައި އެ ގައުމުގެ ތަޖުރިބާއާ ކުރަމުންދާ މަސައްކަތްތައް މި ސައިޑް އިވެންޓްގައި ހިއްސާކުރިއެވެ.

