ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕާއެކު ރަޝިއާ ޔޫކްރޭން ހަނގުުރާމަ ނިމުމަކަށް ގެނައުމުގެ އުއްމީދު ބޮޑު: ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ރަޝިއާ ޔޫކްރޭން ހަނގުުރާމަ ނިމުމަކަށް ގެނައުމުގެ އުއްމީދު ބޮޑުކަމަށް ޔޫކްރޭންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ވިދާޅުވީ، ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެފައިވާނެ ކަމަށާއި، ޓްރަމްޕާއެކު ދެކެވުުނީ ވަަރަށް ބިނާކުރަނިވި ވާހަކަތަކެއް ކަމަށެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޓްރަމްޕާއެކު ދެކެވުނު ސީދާ ވާހަކަތައް ޒެލެންސްކީ ހާމަ ނުކުރެއްވި ނަމަވެސް، ހަނގުރާމައިގެ މައްސަލައިގައި އެމެރިކާގެ ސިޔާސަތު އޮތީ ޔޫކްރޭނަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް ބެލެވޭކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، ޓްރަމްޕްވެސް ވަނީ ރަޝިއާ ޔޫކްރޭން ހަނގުރާމަ ހުއްޓާލުމުގެ މަގަށް މަސައްކަތް ކުރައްވާނެކަމަށް ދައްކަވާ ވާހަކަފުުޅު ތަކުރާރު ކުރައްވާފައެވެ. އަދި އެމެރިކާއިން ޔޫކްރޭނަށް ދޭ އަސްކަރީ އެހީ މަދު ކުރަންޖެހޭކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޓްރަމްޕް ސިފަ ކުރައްވާފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް މަގުފަހިކޮށްދިނުމުގެ ބަދަލުގައި އަސްކަރީ އެހީ ދިނުން އެއީ އެމެރިކާގެ ވަސީލަތްތައް ބޭކާރު ކުރުމެވެ.

ޓްރަމްޕް ވަނީ އެމެރިކާއާއި ޔޫކްރޭނާ އޮތީ ގާތް ގުޅުމެއްކަންވެސް ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: