އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެން ބޭރު ޤައުމެއްގެ ބޯޓެއް، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގައި އުޅެނިކޮށް ލޮކޭޓްކޮށްފިއެވެ.
އެމްއެންޑީއެފްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ޚާއްޞަ އޮޕަރޭޝަނެއްހިންގައިފައިވާ ކަމަށެވެ.
މި އޮފަރޭޝަންގެ ތެރެއިން ގައި ޑްރޯނުން ވަނީ ބޭރު ޤައުމެއްގެ ބޯޓެއް، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގައި އުޅެނިކޮށް ވަނީ ލޮކޭޓްކޮށްފައެވެ. ކޯސްޓްގާޑުން މި ބޯޓް އިންޓަރސެޕްޓް ކުރުމަށްފަހު މިހާރު ވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް އެ ބޯޓު ގެނެސްފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު 25 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގޮތުން، ތުރުކީވިލާތާ ދެމެދު އެކުލަވާލި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގެނައި ޑްރޯންތައް ވަނީ ބޭނުންކުރަން ފެށީ މާރޗްމަހުގެ ތެރޭގައެވެ.

