ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު 1.1 މިލިއަން ރުފިޔާއަށްވުރެ މަތި!

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ ނިޔަލަށް ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު 1.1 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭގެ ބަޔާނުގައި ވާގޮތުން، ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 10 ރަށަކުން ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ރިޕޯޓުކޮށްފައިވެއެވެ. މި ރަށްތަކުގައި ހިމެނޭ 110 ގޭބިސީއަށް އެކި މިންވަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ގެއްލުން ލިބުނު ރަށްތަކުގެ ތަފްސީލުގައި ހިމެނެނީ:
– ޅ. ކުރެންދޫ: 97 ގެ
– ގދ. މަޑަވެލި: 3 ގެ
– ދ. ބަނޑިދޫ: 2 ގެ
– ސ. ފޭދޫ: 2 ގެ
– ސ. ހުޅުދޫ: 1 ގެ
– ސ. މަރަދޫފޭދޫ: 1 ގެ
– ދ. ހުޅުދެލި: 1 ގެ
– ހދ. ނެއްލައިދޫ: 1 ގެ
– ނ. މާފަރު: 1 ގެ
– ރ. ރަސްމާދޫ: 1 ގެ

އެންޑީއެމްއޭއިން އިތުރަށް ހާމަކުރި ގޮތުގައި، މި ގެތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާ ބެހޭ ގަވާއިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: