ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގު ނެޓްވޯކްތަކުގައި ހިމެނޭ މީހުންގެ މައްސަލަ ބަލަނީ ވަރަށް ސީރިއަސްކޮށް: ޝުޖާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގުގެ ނެޓްވޯކްތަކުގައި ހިމެނޭ މީހުންގެ މައްސަލަ ބަލަނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުން ހާސިލްކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޝުޖާއު ވިދާޅުވީ, މަސްތުވާތަކެތީގެ މައްސަލައަކީ މޫލާފައިވާ މައްސަލައެއް، ނަމަވެސް މި ދައުރުގެ ތެރޭގައި މި މައްސަލައަށް ބޮޑު ހައްލެއް ފުލުހުންގެ މުއައްސަސާއިން ގެނެސްދެއްވާނެ ކަމަށެވެ.

ކޮމިޝަނަރ ޝުޖާއު ވިދާޅުވީ, މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށް ދުވަސްތަކެއް ނަގާނެ ކަމަށާއި ނަމަވެސް ފުލުހުންގެ މުއައްސަސާއިން މި މައްސަލަ ހައްލުކުރުމަށްޓަކައި މި ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ޑްރަގަކީ ރާއްޖެއަށް ތަފާތު އެކި ގޮތްގޮތަށް އެތެރެކުރާ އެއްޗެއްކަމުން ހޯމް ޓީމުންގެ އެކި މުއައްސަސާތަކުން ކުރާ މަސައްކަތަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށްވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ކޮމިޝަނަރ ވިދާޅުވީ, ފުލުހުންގެ ތެރޭގައި ހެދިފަ ހުރި އުސޫލުތަކާ ޚިލާފަށް ކަންކުރާ ފުލުހުން ލައްވާ މަސައްކަތް ކުރުވުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި އަދި އެފަދަ ފުލުހުން، ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ނުކުރާނެކަމަށެވެ.

ވޭތުވެދިޔަ އެއް އަހަރުގެތެރޭ ރައްޔިތުންގެ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު ރައްޔިތުންގެރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުން ފެންނަ މިންވަރު އިތުރުކޮށްފައިވާ ކަމަށާއި އަދި އެކަން ގިނަ އަދަދެއްގެ ރައްޔިތުން ބަލައިގެންފައިވާކަން ކޮމިޝަނަރ ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާއިރު، މަސްތުވާތަކެތީގެ ގާނޫނަށް ހުށަހަޅާ އިސްލާހުގެ މަސައްކަތް ވެސް މަޖިލީހުގައި ވަނީ ފަށާފަ އެވެ. މި ބިލުގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރާ މީހުންނަށް ބޮޑެތި އަދަބުތައް ދިނުމަށް ވަނީ ހިމަނާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: