ސްޕޯޓްސް މިނިސްޓްރީގެ ތަސައްވުރަކީ ހަށިހެޔޮ ދުޅަހެޔޮ މުުޖުތަމައުއެއް ބިނާކުރުން ކަމަށް ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަބްްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިހުގެ އިޖްތިމާއީ ކޮމެޓީގައި ސްޕޯޓްސް މިނިސްޓްރީއިން ކުރަމުންގެންދާ މަސައްކަތުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތައް ބެހިފައިވަނީ ކުޅިވަރުގެ ވަސީލަތްތައް ރާއްޖޭގައި ޤާއިމުކުރުމާއި ކުޅިވަރު ކުރިއެރުވުމަށްޓަކައި ބޭނުންވާ ތަމްރީނު ދިނުމާއި އަދި ކުޅިވަރުގެ އެސޯސިއޭޝަންތަކާއި ކުލަބްތައް ރެޖިސްޓްރީކޮށް ބެލެއްޓުމުގެ މައްޗަށް ކަމަށެވެެ.
ވަޒީރު ވިދާޅުވީ، އެ ވުޒާރައިން ކުރަމުން ގެންދާ މަސައްކަތުގެ ތެރޭގައި މިނިސްޓްރީގައި އޮންނަ ޑިޕާޓް މެންޓްގެ ދަށުން އެސޯސިއޭޝަން ތަކުގެ ބަޖެޓު ބެލެހެއްޓުމުގެ މަސައްކަތް ކުރުން ހިމެނިގެންދާ ކަމަށެވެ. އަދި ޕްރޮޖެކްޓް ޑިޕާޓްމެންޓްއިން ކުޅިވަރާއި ގުޅުންހުރި ވަސީލަތްތައް ބިނާކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެ ވުޒާރާގައި ސްޕޯޓްސް އެކްޓިވިޓީ ބެލެހެއްޓުމަށާއި ޕްރޮޖެކްޓްތައް ހިންގާ ގޮތް ބެލެހެއްޓުމަށް އަދި އެ ވުޒާރާއިން ކުރިއަށް ގެންދާ ތަމްރީނުތައް ބެލެހެއްޓުމަށް ވަޒީރުގެ ދަށުން މަސައްކަތް ކުރުމަށް 3 ސްޓޭޓް މިނިސްޓަރ ތިބޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެެ.
“ މިއީ އަޅުގަނޑުމެންގެ ޕްލިޓިަކަލް ސްޓްރަކްޝާރގެ މަތީ ފަށަލަ އިންގޮތް، ދެން އޭނގެ ދަށުގައި ޑެޕިއުޓީ މިނިސްޓަރުންނާއި ދެންތިއްބާ ބޭފުޅުން ތިއްބަވާނީ އެ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން “ ވަޒީރު ވިދާޅިުވިއެވެ.
މީގެ އިތުރުން، ސިވިލް ސާރވިސްގެ ޑިޕާޓްމެންޓްތާކާއި ގުޅިގެން މަޝްވަރާކުރެވި މަސައްކަތްތައް ބައްޓަން ކުރައްވަމުންދާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ. ކުޅިވަރުގެ ވަސީލަތްތައް އިތުރުކޮށް ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ހުށަހަޅައިފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސްޕޯޓް މިނިސްޓްރީގެ ތަސައްވުރަކީ ހަށިހެޔޮ ދުޅަހެޔޮ މުުތަމައުއެއް ބިނާކުރުން ކަމަށާއި އޭގެ ތެެރެއިން ވާދަވެރި ކުޅިވަރުތަކާއި ރިކްރިއޭޝަނަލް އެކްޓިވިޓީސް ހިމެނިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

