ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެގައިހުރި ފުޓްސެލް ދަނޑުތަކުން ކުޅިވަރުގެ ފަންޑަށް އާމްދަނީ ލިބޭ ގޮތް ހަނދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެގައި ހަނދާފައިވާ ފުޓްސެލް ދަނޑުތަކުން ލިބޭ އާމްދަނީ ކުޅިވަރުގެ ފަންޑަށް ލިބޭ ގޮތަށް ހެދުމަށް ވަޒީރުންގެ މަޖިލިހުގައި މަޝްވަރާ ކުރެއްވި ކަމަށް ސްޕޯޓް މިނިސްޓަރ އަބްްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ އިޖްތިމާއީ ކޮމެޓީގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުސްތަފާ މުހައްމަދު ވަނީ މާލެގައި ހަނދާފައިވާ ފުޓްސެލްދަނޑުތައް ދޫކޮށްފައި ހުންނަނީ ފުޓްސެލްކުޅޭ އެކި ގުރޫޕުތަަކަށް ކަމަށާއި އެ ދަނޑުތަކުން ގަނޑިއިރަަކަށް 500 ގާތްކުރާ އަދަދަކަށް ރުފިޔާ އެ ގުރޫޕްތަކުން ނަގާކަމަށާއި އެއީ އެކަން އެ ކުރަނީ އެންމެ ރަނގަޅަށްތޯ ސްޕޯޓް މިނިސްޓަރ އާއި ވަނީ ސުވާލުކޮށްފައެެވެ.

މިކަމާއި ގުޅިގެން ސްޕޯޓް މިނިސްޓަރ ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ވަކި އުސޫލެއް ނެތި އެކަން އެހެން ކޮށްފައި އޮތުމުން ކަންބޮޑުވާ ކަމަށެވެ. މީގެ އިތުރުން، މިނިސްޓްރީގައި ހުރި ވަސީލަތްތަކުގެ ފައިސާ މިހާރު ލިބެމުންދަނީ ސަރުކާރަށް ކަމަށާއި އެކަމާއި ހަވާލުވެފައި ތިބި ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު، އެއެގްރިމެންޓްތައް ހެދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާލެގައި ހަނދާފައިވާ ފުޓްސެލްދަނޑުތަކުން ލިބޭ އާމްދަނީ ކުޅިވަރުގެ ފަންޑަށް ލިބޭ ގޮތަށް ހެދުމަށް ވަޒީރުންގެ މަޖިލިހުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކުޅިވަރުގެ ޤާނޫނު ފާސްވުމަށްފަހު ކުޅިވަރުގެ ފަންޑަށް ލިބޭ ގޮތަށް ހަމަޖެހުމަކީ އެފަދަ މައްސަލަތަަކަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާލެގައި ހަނދާފައިވާ ފުޓްސެލްދަނޑުތަކުން ލިބޭ ފައިސާ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުން ކުރުމާއި އަދި އެ ދަނޑުތަކަކީ އެހެން ފަރާތްތަކަށްވެސް ލިބެންޖެހޭ ތަނެއް ކަމަށް މިނިސްޓަރ ޤަބޫލުކުރައްވައި ކަމަށް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިސްނުންފުޅަކީ ކޮމަންވެލްތް އެގްރިމެންޓް އެއް ހެދުމަށްފަހު ގުރޫޕުތަަކަށާއި އެހެނިހެން ފަރާތްތަކަށްވެސް ބޭނުންކުރެވޭ ގޮތަށް ހެދުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: