އުރީދޫ މޯލްޑިވްސްގެ ސުޕަނެޓްގެ ހިދުމަތަށް ގެނެވުނު އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ.
އުރީދޫއިން މައުލޫމާތު ދޭ ގޮތުގައި 1 ޖީބީޕީއެސްއާ ހަމައަށް ސްޕީޑާއެކު މެދުނުކެޑި ކަނެކްޓިވިޓީ ލިބޭނެއެވެ.
މި ސުޕަނެޓް އަންލިމިޓެޑް ޕްލޭންތައް ތައާރަފްކުރުމާއެކު އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތަށް އާ މިންގަނޑެއް ކަނޑައަޅައި، އެންމެންގެ އަތްފޯރާ ފަށަށް އަންލިމިޓަޑް އިންޓަރނެޓް ފޯރުކޮށްދީފަ އެވެ.
އަންލިމިޓަޑް ސުޕަރނެޓާއެކު އެއްވެސް ހުރަހެއް ނެތި މުޅި ދުވަހު ސްޓްރީމް ކުރުމާއި، އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއް ނެތި ގޭމް ކުޅުމުގެ އިތުރުން، ބްރައުޒްކުރުމުގައިވެސް ފަސޭހަވެގެންދާނެއެވެ.
ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުގެ ތެރޭގައި 25 އެމްބީޕީއެސް އިން ފެށިގެން 1 ޖީބީޕީއެސް އާ ހަމައަށް ބާރު ސްޕީޑް ހިމެނެއެވެ.

