ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1 އަހަރު ދުވަހުގެ ތެރޭގައި 200 ވުރެ ގިނަ ޒުވާނުން ވަޒީފާއަށް ނެރެވުނު: މިިނިސްޓަރ އަސްވާޑް

ޔޫތު މިނިސްޓަރ އިބްރާހީމް އަސްވާޑް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން 200 އަށްވުރެ ގިނަ ޒުވާނުން ވަޒީފާގެ މާހައުލަށް ނެރެފައިވާ ކަމަަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިޖްތިމާއި ކޮމެޓީގައި ކެރިއަރ ގައިޑެންސް ޕްރޮގުރާމްގެ ތެރެއިން ކޮށްފައިވާ މަސައްކަތުގެ މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ނިމިދިޔަ އަހަރުތަކާއި އަޅާބަލާއިރު، ރިކޯޑް އަދަދަކަށް ވަޒީފާގެ މާހައުލަށް ޒުވާނުން ނެރެފައިވާ ކަމަށާއި އަދި ގިނަ އަދަދަކަށް ކެރިއަރ ގައިޑެންސް ޕްރޮގުރާމްތައް ހިންގާފައިވާ ކަމަށެވެ. އަދި އެންމެ މުހިންމު ކަމެއް ގޮތުގައި އެ ވުޒާރާއިން ބަލާފައިވަނީ، ވަޒީފާއަށް ދިވެހި ޒުވާނުން ނެރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން 400 އަށްވުރެ ގިނަ ކުދިން ބައިވެރިވެ ހިންގާފައިވާ ކަމަށާއި އޭގެ ތެރެއިން 200 އަށްވުރެ ގިނަ ކުދިން ތިބީ ވަޒީފާގައި ކަމަަށް މިނިސްޓަރ ވިދާޅުވިއެވެެ. އަދި އެ ޕްރޮގުރާމްތައް ނިމުމާއިއެކު ޒުވާނުންނަށް ވަޒީފާ ލިބޭނެ ގޮތަށް ޝަރުތުކުރަމުންދާ ކަމަށް ވަނީ ފާހަގަކުރައްވައިފައެެވެ. 

މީގެ އިތުރުން، ވަޒީފާއަށް ޒުވާނުން ނެރުމަށްޓަކައި ތައްޔާރުވަމާގެ ޕްރޮގުރާތްމައް ޤަވައިދުން ކުރިއަށް ގެންދާ ކަމަށާއި އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޮޅުއަށި ޕްރޮގުރާމްތައް ކުރިއަށް ގެންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެންމެ ބޮޑު އަމާޒަކީ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުން ކަމަށާއި އެ މަސައްކަތް ކުރުމަށް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހާއްސަ ކުރެވިގެން ކުރިއަށް ގެންދާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެ ޕްރޮގުރާމްތައް ފުރިހަމަކޮށް އެތައް ސަތޭކަ ޒުވާނުން ވަޒީފާ އަދާކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. 

މިނިސްޓަރ ވިދާޅުވީ، އެ މަސައްކަތް ކުރުމަށް ހަމައެކަނި ސަރުކާރަށް ބަރޯސާނުވާ ކަމަށާއި އެކި ކުންފުނިތަކާއި ގުޅިގެން މަސައްކަތްތައް ކުރައްވައި ކަމަށެވެ. އަދި މިވަގުތު މެރިއެޓިވް އިންޓަނޭޝަނަލްގެ ރިސޯޓުތަކުގައި 50 އަށްވުރެ ގިނަ ކުދިން ތަމްރީނު ހޯދަމުންދާ ކަމަށެވެ. އަދި މި ވަގުތު އެ ޕްރޮގުރާމް 30 ކުދިން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން 26 ކުދިންނަށް ވަޒީފާ ދީފައިވާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: