ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކިއްޔާއަށް ހަމަލާދީ އޭނާ މަރާލި ކަމުގެ އެއްވެސް ހެއްކެތް ފެންނާން ނެތް: ފުލުހުން

ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާއަށް ހަމަލާދީ އޭނާ މަރާލި ކަމުގެ އެއްވެސް ހެއްކެތް ފެންނާން ނެތް ކަމަށް ތަހުގީގަށް މިހާތަނަށް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅީގަ އާއި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ތުހުމަތު ކުރެވުނު ނަމަވެސް، ވަޅި އާއި ހެދުމުގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ ޒަކިއްޔާގެ ކައިރިން ފެނުނު ވަޅީގައި ހުރީ އޭނާގެ ލޭ ކަމަށް ތަހުލީލުތަކުން އެނގޭކަމަށާއި އެހެންނަމަވެސް ވަޅީގެ ފޮރެންސިކް ތަހުލީލުތައް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

ރަށުގެ ނަރުދަމާ ނިޒާމްގެ ތެރެއިން ފެނުނު ބުރުގަލަކީ ޒަކިއްޔާގެ އެއްޗެއް ކަމަށް އަޑުތައް ފުތުރުނަމަވެސް އެއީ އޭނާގެ އެއްޗެއް ނޫންކަން ތަހުގީގަށް ޔަގންްކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރަށު ތެރޭގައި ތުހުމަތު ކުރެވޭ ގޮތުގައި އެއީ ހެކި ނައްތާލުމަށް ކޮށްފައިވާ ކަމެއް ނަމަވެސް ފުލުހުން ބުނެފައިވަނީީ އެ ބުރުގަލަކީ ޒަކިއްޔާ ދިރިއުޅުނު ގެއިން ނަރުދަމާގެ ނިޒާމަށް ދޫކޮށްލާފައިވާ އެއްޗެއް ނޫން ކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ކުށުގެ ވެށިންނާއި، ދިރިއުޅޭ ގެއިން އަދި ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް އިތުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާއެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ޒަކިއްޔާގެ ހަށިގަނޑުގެ ސީޓީ ސްކޭނުން ވެސް ދައްކާ ގޮތުން ހަށިގަނޑަށް އަނިޔާއެއް ނުވަތަ ސުވާލު އުފެދޭ ފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: