ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ބަދަލު ކުރުމުގައި ކޮމާޝަލް ބިމެއް ޔުޓިލައިޒް ނުކުރާނެ: ފަޒުލް

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދެމުންގެންދާ މުނިސިޕަލްގެ ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ މަޝްޗަވަރާގައި ކޮމާޝަލް ބިމެއް ޔޫޓިލައިޒް ނުކުރާނެކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ އާންމު ހިދުމަތްތައް މާލެ ސިޓި ކައުންސިލަށް ދޫކުރުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީއާއި ސިޓީ ކައުންސިލްގެ ދެމެދު އެކަމަށް ކުރެވުނު ބައެއް މުއާމަލާތްތަކުގެ ތަފްސީލު ހިއްސާކޮށްފައިވެއެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ބަދަލު ކުރުމަށްޓަކައި އެއްބަސްވުމެއް އެކުލަވާލެވި އެކަމަށް ތަފްސީލީ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ފަޒުލް ވިދާޅުވީ އެޗްޑީސީގެ ފަރާތުން އެއްވެސް އިރެއްގައި މުނިސިޕަލް ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ދޫދޭން ޖެހޭ ދިނުން ނުވަތަ މާލެ ސިޓީ ކައުންސިލްގެ ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.

މިހެން މިދެންނެވީ އަޅުގަނޑުމެން މިތިބީ އެ ފުރުސަތު އެބޭފުޅުންނަށް ފަހިކޮށްދޭން.. މީގަ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ގޮންޖެހުންތަކެއް އެބޭފުޅުންނަށް އަމާޒުވެފައި މިއޮތީ އެބޭފުޅުން މިކަން ކޮމާޝަލީ ވައިބަލް ކުރާނީ ކިހިނެއްތޯ.. މިއީ އެޗްޑީސީން މިކަން މިވަގުތު ބަލަހައްޓަމުން ކުރިޔަށް ގެންދާ ސަބަބަކީ

ފަޒުލް ވުދާޅުވީ އެއްބަސްވުމެއްގައި ސޮއިކޮށް މުނިސިޕަލް ސާވިސްތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގައިޑްލައިންތައް ކަނޑައަޅައި ޓްރާންސްފާ މުވައްޒަފުންގެ ޓާރްންސްފާ މިނިމައިޒްކޮށް ދެވޭނެ ހުރިހާ ފުރުސަތުތަކެއް އެޗްޑީސީން ސިޓީ ކައުންސިލަށް ހިއްސާ ކުރިކަމަށެވެ.

ގާނޫނީ ގޮތުން ގޮންޖެހުންތައް ހުރިކަން ސިޓީ ކައުންސިލުން ފާހަގަކޮށްފައިވާތީ އެކަމަށް ފަޒުލް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ހުރިކަން ގާބޫލު ކުރާކަމަށެވެ.

މީގެއިތުރުން ފަޒުލް ވިދާޅުވީ މުނިސިޕަލް ހިދުމަތަކީ ބައުންޑްރީ ލައިންގެ ތެރޭގައި އެއްވެސް ހާލަތެއްގައި ކޮމާޝަލް ބިމެއް އާމްދަނީ ހޯދުމުގެ ބޭނުމުގައި ޔޫޓިލައިޒް ކުރުން އެޗްޑީސީއަށް ދަތިވާނެކަމަށެވެ. އަދި އޭގެ ސަބަބަކީ އޭގެ އާމްދަނީ ލިބިގެން ކޮމާޝަލްއާއި އެހެނިހެން ހިދުމަތްތައް ތަރުތީބުވެފައި އޮތް އިރު ހަވާލު ކުރާ ތަނަކުން ކޮމާޝަލް ބިންތަކަށް ހައްލެއް އާދޭތޯ މަސައްކަތް ކުރިކަމަށެވެ.

ފަޒުލް ވިދާޅުވީ އާންމު ހިދުމަތްތަކަށް ބޭނުން ކުރާ މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓު ހިދުމަތްތައް ދޫކޮށްލުމަށް ނިންމާފައިވާކަމަށެވެ. އެހެން ނަމަވެސް ކޮމާޝަލް ތަނެއް ދޫނުކުރާނެކަމަށް ފަޒުލް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒު އެކުލަވާލެއްވި ”ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯގައި އެޗްޑީސީ އަތުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތައް ނެގުން ވަނީ ހިމަނާފަ އެވެ. އެ ހުރިހާ މަސައްކަތެއް ސިޓީ ކައުންސިލުން ބެލެހެއްޓުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި އިރު މީގެ ކުރިން ވެސް މި މައުޟޫއުގައި އެކި ގޮތްގޮތުން ވަނީ ވާހަކަ ދެކެވިފަ އެވެ. ރައީސް މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި ވާހަކަ ދެއްކެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: