ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގެ ދަތިތަކާއެކުވެސް 38 މަޝްރޫއު ނިންމާލުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް: މުއްޠަލިބު

ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވުޒާރާއިން މިއަހަރު 38 މަޝްރޫޢު ނިންމާލައިފިއެވެ. މިކަން ހާމަކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު މުއްޠަލިބެވެ. ވަޒީރު ވިދާޅުވީ ބަޖެޓުގެ ދަތިތަކާއެކުވެސް މިހާ ގިނަ މަޝްރޫޢުތަކެއް ނިންމާލުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައެވެ.

ނިމުނު މަޝްރޫޢުތަކުގެ ތެރޭގައި ބިން ހިއްކުމުގެ 1 މަޝްރޫޢާއި، މަގު ހެދުމުގެ 1 މަޝްރޫޢު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 3 މަޝްރޫޢު، ބަނދަރު ހެދުމުގެ 4 މަޝްރޫޢު އަދި ފެނާއި ނަރުދަމާގެ 29 މަޝްރޫޢު ހިމެނެއެވެ.

މި މަޝްރޫޢުތަކުގެ ޖުމްލަ އަގަށް ބަލާއިރު، މަގު ހެދުމުގެ މަޝްރޫޢަށް 79 މިލިއަން ރުފިޔާ، ބިން ހިއްކުމުގެ މަޝްރޫޢަށް 91.4 މިލިއަން ރުފިޔާ، ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް 238 މިލިއަން ރުފިޔާ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް 2.18 ބިލިއަން ރުފިޔާ އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް 1.54 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިއަހަރު އިތުރު 26 މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި 2025 ވަނަ އަހަރު އިތުރު މަޝްރޫޢުތަކެއް ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީ ފަށައިފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

މި މަޝްރޫޢުތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުން ގިނަ ރަށްތަކެއްގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: