ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތުގެ ސަބަބުން 172 މީހުން އަހަރަކު މަރުވޭ: ސިއްހީ ވުޒާރާ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްޙީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި އަހަރަކު 172 މީހުން ސީދާ ދުންފަތުގެ ސަބަބުން މަރުވެއެވެ. މި ހޯދުންތަކުން ދައްކައިދެނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ބޮޑުކަމެވެ.

ސިއްޙީ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ ކަމަށާއި، ދުންފަތަކީ މިފަދަ ބަލިތަކަށް ހުށަހެޅޭ މައިގަނޑު އެއް ސަބަބެވެ. މި ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން، ރާއްޖޭގައި ކޮންމެ 4 މީހަކުން 1 މީހަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހެކެވެ.

އުމުރުފުރާތަކަށް ބަލާއިރު، 30 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 29 އިންސައްތަ މީހުން ދުންފަތުގެ އިސްތިޢުމާލުކުރާ ކަމަށް ވުޒާރާއިން ބުނެއެވެ. މިއީ އެހެން އުމުރުފުރާތަކާ އަޅާބަލާއިރު އެންމެ މަތީ އިންސައްތައެވެ.

ޒުވާނުންގެ މެދުގައި ދުންފަތުގެ ބޭނުންކުރުން އިތުރުވަމުންދާކަން މި ތަފާސް ހިސާބުތަކުން ދައްކައެވެ. ޒުވާނުންގެ ތެރެއިން 45.7 އިންސައްތަ މީހުން ވަނީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްފައެވެ. އަދި 17.1 އިންސައްތަ ޒުވާނުން އީ-ސިގިރެޓް އަދި 3.1 އިންސައްތަ ޒުވާނުން ޝީޝާ ބޭނުންކުރާ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި ތަފާސް ހިސާބުތަކުން ދައްކައިދެނީ ދުންފަތުގެ ބޭނުންކުރުން ރާއްޖޭގައި ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައިވާކަމެވެ. ސިއްޙީ ވުޒާރާއިން މި މައްސަލައަށް ސަމާލުކަން ދިނުމަށް ގޮވާލައި، ދުންފަތުގެ އިސްތިޢުމާލު ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: