ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ހިލޭ ދޫކުރި ގޯތިތަކުގެ އަގަކީ 5.4 ބިލިއަން

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި 1،351 ގޯތީގެ އަގު 5.4 ބިލިއަން ރުފިޔާއަށް އަރާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން 5.4 ބިލިއަން ލިބެންޖެހޭ ކަމަށާއި އެހެންނަމަވެސް އެކަމުގެ އެއްވެސް މުއާމަލާތެއް ހިނގައިފައި ނުވާ ކަމަށެވެ.

ކުރީގެ ސަރުކާރުން ހިލޭ ދޫކުރި ގޯތީގެ ތެރެއިން އެޗްޑީސީގެ އިހުތިސާސްގައި ހިމެނޭ ބިންތަކުން ދިން ގޯތީގެ ބަދަލުގައި އެ ކުންފުންޏަށް މާލެ އަތޮޅުން ދެ ފަޅު ދޭން ވެސް ކުރިން އެއްބަސްވެފައިވެ އެވެ. އެ ދެ ފަޅުގެ އިތުރުން ގާތްގަނޑަކަށް 7.9 މިލިއަން ރުފިޔާ ވެސް ސަރުކާރުން ދޭން އޭރު އޮތީ އެއްބަސްވެފަ އެވެ.

5.4 ބިލިއަން ރުފިޔާ އަކީ ބިންވެރިޔާ ސްކީމުގެ ކޮމްޕެންސޭޝަނެއްގެ ގޮތުގައި ހުށަހަޅައިގެން އުޅޭ އަގެއް ކަމަށް ފަޒުލް ވިދާޅުވިއެވެ. ސަރުކާރުން އެ ގޯތި ދެއްވާފައި ހުރި އިރު ހުޅުމާލެއިން 5.4 ބިލިއަންގެ އިތުން ތިން ވަނަ ފިޔަވަހި ހިއްކާ ޕްރޮޖެކްޓް ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ފަޒުލް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ވަނީ މާލެ ސަރަހައްދުން ބިންވެރިޔާ ސްކީމަށް 18،955 މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޭއިރު ހުޅުމާލެ އިން 1،351 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: