ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްކިއުއޭގެ އެކްރެޑިޓޭޝަން ގައިޑްލައިން ބަދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ”ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން“އަށް އިސްލާހު ގެނެސްފި އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ގަވައިދަށް ގެނައި އިސްލާހުގައި މީގެ ފަހުން 50 އިންސައްތަ ގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވުމަށް ލާޒިމުވާނެ ކަމަށެވެ. އަދި އެފަދަ އެސެސްމަންޓްތަށް ކުރިއަށް ގެންދަންވާނީ ”ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން“ އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެމްކިޔުއޭ އިން ވަނީ ހާމަކޮށްފަ އެވެ. އަދި މަތީ ތައުލީމުދޭ މަރުކަޒުތަކަށް ކުރިން އެޕްރޫވަލް ދެވިފައިވާ ކޯސްތަށް ކުރިއަށް ގެންދިޔުމުގައި، އެ ގައިޑްލައިންއަށް ގެނެސްފައިވާ ބަދަލަށް އަމަލުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

އެ ގަވައިދަށް އަމަލުކުރަން ފަށާފައި ވަނީ މި މަހުގެ 2 ދުވަހުން ފެށިގެންނެވެ. އަލަށް އެކުލަވާލި އުސޫލުގެ ދަށުން އެއްވެސް މޮޑިއުލް އަކީ ހަމައެކަނި އެސައިންމަންޓްތަކުގެ މައްޗަށް ބިނާވެފައިވާ މޮޑިއަލްއަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއީ އެސައިންމަންޓްތައް އެހެން މީހުން ލައްވައި ހެދުން ހުއްޓުވުމަށް ގެނައި ބަދަލެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެސައިންމަންޓް ހަދައިދިނުން ހުއްޓުވުމަށް އެސައިންމަންޓް ހަދައިދޭ މީހާ އާއި އަދި އެސައިންމަންޓް ހުށަހަޅާ މީހާ ވެސް ބޮޑު އަދަދުކުރަން ޖޫރިމަނާވެސް ކުރެވޭ ގޮތަށް މަތީ ތައުލީމުގެ ގާނޫނަށް ވަނީ ބަދަލު ގެނެސްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: