ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައިކްރޯ ގްރިޑް ސީވޯޓާރ ޑީސެލިނޭޝަން މަޝްރޫޢުގެ އިވެލުއޭޝަން ނިމިއްޖެ!

މިނިސްޓްރީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މައިކްރޯ ގްރިޑް ސީވޯޓާރ ޑީސެލިނޭޝަން މަޝްރޫޢުގެ ދިރާސީ އިވެލުއޭޝަން މަސައްކަތްތައް ނިންމާލައިފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއިން ބުނެފައިވާގޮތުން ސްޓޭޓް މިނިސްޓަރު ތޯއާމް އަދި ޓެކްނިކަލް ޓީމަކުންވަނީ ޗައިނާގެ ފަރާތުން މިކަމަށް ހާއްސަކޮށް ރާއްޖެއަށް އައިސްފައިވާ ޓީމާއްިއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިހާރު މައިކްރޯ ގްރިޑް ސީވޯޓާރ ޑީސެލިނޭޝަން މަޝްރޫއުގެ އިވެލުއޭޝަން މަސައްކަތްތައް ނިންމާލާފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާއިރު މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ޗައިނާގެ ޓީމުންވަނީ ކ ކާށިދޫގައި ހުންނަ ސައިޓާއި ހއ ކެލާގެ ސައިޓަށް ޒިޔާރަތްކޮށްފައިކަމަށާއި އެކަމުގެ މަގުސަދަކީ ނިޒާމުތަކުގެ ހާލަތު ބަލައި މަސައްކަތްކުރާ މިންގަނޑު ދެނެގަތުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: