ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހީންގެ މަހުގެ އަގު ދިވެހީން ކަނޑައަޅާނެ ދުވަހެއް އަދި އަންނާނެ، މަސައްކަތް މި ކުރަނީ އެ އަމާޒަށް: މިފްކޯ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހީން ބާނާ މަހުގެ އަގު ކަނޑައަޅާނީ ދިވެހީން ކަމަށާއި މަސައްކަތް ކުރަމުންދަނީ އެ އަމާޒަށް ކަމަށް މިފްކޯއިން ބުނެފިއެވެ.

ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި މިފްކޯއިން ބުނެފައިވަނީ އެކްސްޕޯޓް ކުރުމުގައި ވަރަށް ބޮޑަށް ބަލަންޖެހޭ ކަންކަން ހުންނަ ކަމަށާއި އޭގެތެރެއިން އެއް ކަމަކީ ބަލްކް ޝިޕްމެންޓެއް ލިބުން ކަމަށެވެ. މިފްކޯއަށް ކިރާ ރޯ މެޓީރިއަލްގެ 80 އިންސައްތަ އަށްވުރެ ބޮޑު ބައެއް ދެނޭ ތައިލެންޑު މާކެޓަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ތައިލެންޑަކީ ދުނެޔޭގެ ލެވެލްއަށް ބަލާއިރުވެސް ހޮވާލެވޭ އެންމެ ބޮޑު އެއް މައި އަދި ވަރުގަދަ އެއް ހަބު ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މަސްވެރިންނަށް ފައިސާ ދޫކުރުމުގެ އަވަސް ގޮތެއް ހޯދިފައި އޮތީ ހަފްތާ ދެކޮޅުގައި ބަލްކް ޝިޕްމެންޓު ހަދައިގެން ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

މިފްކޯއިން ބުނީ މަސްނުބާނާ ނަމަ އައު ކެރިއަރެއް ނާންނާނެ ކަމަށާއި ބަލްކް ޝިޕްމެންޓެއް ނުލިބޭނެ ކަމަށާއި، ދެން ޖެހޭނީ ދަޅަށް އަޅައިގެން އެބައި ޔޫރަޕަށް ރޯލް ކުރަން ކަމަށެވެ. އަދި އެބަޔަށްވާ ފައިސާ ލިބޭނީ ތިން ހަތަރު މަސް ފަހުން ކަމަށާއި އެއީ އިންޓަރނޭޝަނަލް ޕޭމަންޓް ޓާމާގެ އުސޫލު ކަމަށެވެ.

މިހާރު މިއޮތް ހާލަތު ބަދަލުކުރުމަށްޓަކައި ބޭނުންވަނީ ދިވެހިންގެ މަހުގެ އަގު ކަނޑައަޅާނީ ދިވެހީންނޭ ބުނެވޭނެ ދުވަހެއް އައުން ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މިފްކޯއިން ބުނީ ދިވެހީންގެ މަހުގެ އަގު ދިވެހީން ކަނޑައަޅާނެ ކަމަށާއި ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ރޯ މެޓީރިއަލް ބޭރުކުރުން ހުއްޓާލުމަށް ފަހު އަގު އެއްކުރަން ފަށާނެ ކަމަށެވެ.

މީގެއިތުރަށް މިފްކޯއިން ބުނީ އެއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި މިހާރު ސަރުކާރުން ތައްޔާރު ވަމުންދަނީ އެކަމަށާއި އަދި މިފްކޯގެ ކެޕޭސިޓީ ބޮޑު ކުރުމުގެ މަސައްކތަކީ ވެސް އެ ސިޔާސަތުގެ ދަށުން އަންނަ ކަމެއް ކަމަށް ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: