ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ބާރު ވަކިވެފައިވާ ގާނޫނުއަސާސީގެ ބާރު އެއްކޮށް ކަނޑުވާލައިފި: ސަނީފު

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ބާރު ވަކިވެފައިވާ ގާނޫނުއަސާސީގެ ބާރު ސަރުކާރުން އެއްކޮށް ކަނޑުވާލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ މެމްބަރު ސަނީފުވަނީ ރައީސް ޑރ މުއިއްޒުއަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިންކަމަށާއި ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިންކަމަށް ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައިވާނެކަމަށެވެ. އެހެންނަމަވެސް މިއަދު ކަންވެގެންދަނީ އެ މަގުން ނޫންކަމަށް ފާހަގަކުރެއްވިއެވެ.

ސަނީފު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ރައްޔިތުންގެ މަންދޫބުންކަމަށެވެ. ނަމަވެސް ސަރުކާރުންވަނީ އެ ބޭފުޅުންގެ ކަރުގައި ވާފަށެއް މަހާލާފައިކަމަށާއި މިއަދު މަޖިލީހުގައި ތިބެންޖެހޭ މީހުން ކަނޑައަޅަނީ ޕާޓީތަކުގެ ވެރިންކަމަށާއި އެއީ ދިވެހި ރައްޔިތުން ގެނެސްފައިވާ ފެހި ގާނޫނުއަސާސީގައި އޮތް ގޮތް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ ދިފާއުގައި ނުކުތުމަށް އެމްޑީޕީއިން ގޮވާލާކަމަށާއި އަޑުއުފުލަމުންދަނީ ސަރުކާރުގެ ފަރާތުން އިސްވެ ބަޔާންކުރި ފަދަ އަމަލުތައް ފެންނަމުންދިއުމާއި ގުޅިގެންކަމަށެވެ. އޭނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުންވެސް ފެންނަނީ އެ މަންޒަރުކަމަށާއި އިންތިހާބުތައް ކާމިޔާބުކުރުމުގެ މަގުސަދުގައި ރައީސްވަނީ ރުހިވަޑައިގަންނަވާ ދެ މީހަކު އެތަނަށް އައްޔަނުކޮށްފައިކަމަށެވެ. އަދި އެތަނުގައިވެސް ނޭދެވޭ ކަންކަން ފެންނަން ފަށާފައިވާކަމަށް ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އޭސީސީއަށްވެސް ސަރުކާރުންވަނީ ނުފޫޒު ފޯރުވާފައިކަމަށާއި، ރައީސް މުއިއްޒުއަކީ މައްސަލަތައް ގިނަ ބޭފުޅަކަށްވުމުން އޭސީސީއިން އެމަނިކުފާނުގެ މައްސަލަތައް ނުބެލޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ.

ސަނީފު ވިދާޅުވީ، ތިން ބާރު ވަކިވެފައިވާ ގާނޫނުއަސާސީގެ ބާރުތައް އެއްކޮށް ކަނޑުވާލާ ނިންމާލާފައިވާކަމަށެވެ. އަދި ރައްޔިތުންވަނީ ”މޮޔައެއްގެ އަތަށް ކަނޑިއެއް“ ދެވިފައިކަމަށާއި އެހެންކަމުން ސިޔާސީ މަސައްކަތްތައް ކުރަންޖެހޭނީ ވަރަށް ހިތްވަރާއިއެކުކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ކަނޑީގެ ކުރިމައްޗަށް ނުކުންނަން ޖެހޭކަމަށާއި އެމްޑީޕީގެ ފަހުލަވާލުންނަކީ ބިރު ފަހަނަ އަޅާފައިވާ ބައެއްކަމަށެވެ. އެހެންކަމުން މި މަހުގެ 10 ވަނަ ދުވަހު ނުކުމެވަޑައިގެން އެކަން ކަށަަވަރުކޮށްދެއްވުމަށް އޭނާ އެދިވަޑައިގެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: