ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚާރިޖީ ވަޒީރު އޮމާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރއާ ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. ޢަބްދުﷲ ޚަލީލް، އޮމާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އޮމާންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޯ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން އެފެއާޒް އެންޑް ސްޕެޝަލް ރެޕްރެސެންޓެޓިވް އޮފް ހިޒް މެޖަސްޓީ، ހިޒް ހައިނަސް ސައްޔިދު އަސްޢަދް ބިން ޠާރިޤް އަލް-ސަޢީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ރައްޔިތުންގެ ނަމުގައި އޮމާންގެ އިސް ވެރިންނާއި ރައްޔިތުންނަށް، މިނިސްޓަރ ޑރ. ޚަލީލް ތަހުނިޔާ އަރިސްކުރެއްވިއެވެ.

ހިޒް ހައިނަސް ސައްޔިދު އަސްޢަދް ބިން ޠާރިޤް އަލް-ސަޢީދު، މިނިސްޓަރ ޑރ. ޚަލީލަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވިއެވެ.

އޮމާނު ސަރުކާރުން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށް މިނިސްޓަރ ޑރ. ޚަލީލް ރިޢާޔަތްކުރައްވައި، ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތަކުގައި އޮމާނުން ވެދެއްވި އަގުހުރި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާބެހޭގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރައްވައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރެއްވުމަށް އެއްބަސްވެވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: