ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ޢިމާރާތުގައި އަލިފާންރޯވެއްޖެއެވެ.

މިއަދު ހެނދުނު ރޯވި މިއަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް  ކުރުމަށް މިހާރު އެމްއެންޑީއެފުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާގޮތުގައި އަލިފާން ރޯވެފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާ ހުންނަ އިމާރާތުގެ އަމީނީ މަގާ ދިމާއަށް ހުންނަ އިމާރާތުގައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން އަންނަނީ ކުރަމުންނެވެ. އަލިފާނުގެ ހާދިސާ ހިނގި ކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:35 ހާއިރުއެވެ.

މަންޒަރުތައް ފެންނަގޮތުން އިމާރާތުގައި ވަރަށްބޮޑަށް ވަނީ ރޯވެފައެވެ. އަދި މުޅި ސަރަހައްދަށް ދަނީ ދުމުގެ އަސަރު ކުރަމުންނެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ އެއްވެފައެވެ.

މި އިމާރާތަކީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާގެ އިތުރުން އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާވެސް ހިންގަމުން އަންނަ އިމާރާތެވެ. އަދި އެ އިމާރާތް ހުންނަ ގޯތީގައި މާލެ ސިޓީ ކައުންސިލްގެ ރެޖިސްޓްރޭޝަން ޑިޕާޓްމަންޓްވެސް ހުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: