ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފްގެ ޤާބިއްލިއްޔަތުކަން އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުން: ޤައްސާން

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުންއަންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނުގެ ހާދިސާފަދަ ނުރައްކާތެރި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އެމްއެންޑީއެފްގެ ފަރާތްތަކުގެ ޤާބިއްލިއްޔަތުކަން އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަންނާއި ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާ ބާލަލުމަށް ވަޒީރު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. ވަޒީރު ވިދާޅުވީ، އަލިފާންގަނޑު ނިންވާލެވޭ ތޯ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އަދިި އެމްއޭސީއެލްގެ އެހީތެރިކަން ވެސް ހޯދައިފައިވާ ކަމަށާއި އަދި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އެ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލުމަށްފަހު އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވުމާއި އެކު ރައީސް އެބުރި އޮފީހަށް ވަޑައިގަތްފައިވާކަމަށް ވަޒީރު ވަނީ މައުލުމާތު ދެއްވައިފައެވެ.

ވަޒީރު ވިދާޅުވީ އުންމީދަކީ އަލިފާންގަނޑުވީހާވެސް އަވަހާ ނިންވާލެވުން ކަމަށާއި އަދި އެފަދަ ޙާލަތްތައްކަށް ހިނގާފާނެ ކަމަށް އެމްއެންޑީއެފް ފަރާތްތަކުގެ ޤާބިއްލިޔަތު އިތުރުކުރުމުގެ މަސައްކަތް ރައީސް ކޮށްދެއްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އާންމުން ކެތްތެރިކަމާއިއެކު ތިއްބައި ދެއްވުމަކީ އެމަނިކުފާނުގެ އިލްތިމާސްއެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުންދަނީ މުޅި މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާގައި ރޯވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އެ އިމާރާތް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަލިފާންގަނޑު ރޯވީ އެންވަޔަރަމެންޓު މިނިސްޓްރީ ހުންނަ ގްރީން ބިލްޑިންގަ އެވެ. ރޯވި ހުޅުގަނޑު ކައިރީގައި ހުރި އިމާރާތްތަކަށް ފެތުރި، އެންމެ ބޮޑު ގެއްލުމެއް ލިބުނީ މި ޓިނު އިމާރާތަށެވެ. ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ހިންގާ އިމާރާތުގައި ޓިނުން ހަދާފައި ހުރި އިމާރާތް ވަނީ ބިމާހަމަވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: