ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ”އެސްޓީއޯ ރޭޓް“ ގައި ތެޔޮ ވިއްކަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ”އެސްޓީއޯ ރޭޓް“ ގައި ތެޔޮ ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން ”އެސްޓީއޯ ރޭޓް“ ގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ”ފަހި ހަކަތަ“ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެސްޓީއޯއިން ބުނީ، 10 ޑިސެމްބަރު ވީ އަންގާރަ ދުވަހު ފާހަގަކުރި ގައުމީ މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ގޮތަށް، ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން، އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން މިހާރު ފަށާފައިވާ ކަމަށެވެ.

އަދި 2025 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކޮށް، ”އެސްޓީއޯ ރޭޓް“ ގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖައްސުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

ރައީސް ވަނީ އެސްޓީއޯ ރޭޓުގައި ތެޔޮ ހޯދުމުގައި ކުރިއަށް އޮތް ތަނުގައި ލުއިތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތުގެ ދަށުން އަންގާރަ ދުވަހުން ފެށިގެން އެފްއެސްއެމްގެ 4 ސައިޓަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ހިންމަފުށި، ކޫއްޑޫ، ފެލިވަރު އަދި އައްޑޫސިޓީ ހުޅުމީދޫއެވެ.

އަދި ކޫއްޑޫއާއި، ފެލިވަރުގައި ހުރި މިފްކޯގެ އުޅަނދުތަކުންވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެސްޓީއޯއިން މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، މަސްވެރިންގެ ދަފްތަރު އެކުލަވާލެވިގެން ދިއުމުން މަސްވެރިންނަށް އެކި ކަހަލަ ލުއިތައް ލިބި، އެކި ސްކީމްތަކުގައި މަސްވެރިންނަށް ބައިވެރިވެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: