ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ ރޯދަމަހު ބަންގި މުބާރާތެއް ބޭއްވުމަށް ނިންމައިފި!

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ރަމަޟާން މަހު ”ނޫރުލް އަޛާން 1446″ ގެ ނަމުގައި ބަންގި މުބާރާތެއް ބޭއްވުމަށް ނިންމަވާފައިވާކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި މުބާރާތަކީ އެވުޒާރާގެ މޮސްކް ސެކްޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މި މުބާރާތް އަމާޒުކޮށްފައިވަނީ އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި މުބާރާތުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 އިން 30 އަށް މާލެ ސިޓީގައެވެ.

އެ ވުޒާރާއިން ބުނެފައިވަނީ މި އޮޑިޝަންގައި ބައިވެރިވެވޭނީ އުމުރުން 14 އަހަރު ފުރި، 21 އަހަރު ނުވާ ފަރާތްތަކަށް ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ވަނީ ބުނެފައެވެ.

”ނޫރުލް އަޛާން 1446″ މުބާރާތަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެންބަރު މަހުގެ 31 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: