ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްއަށް 12 ބޭފުޅެއްގެ ނަން ރައީސް ފޮނުއްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމުތަކަށް 12 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ބްރޯޑްކޮމްއިން ހުސްވެފައިވަނީ ދެ މަގާމެކެވެ. އެއީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ދައުރު މިމަހުގެ ފަސް ވަނަ ދުވަހަށް ހަމަވުމުންނެވެ.

އޭގެ ތެރޭގައި:

ގ. ހިލްމަން، މަރިޔަމް ވަހީދާ

ޅ. ހިންނަވަރު، ބާރަނާ، އަލީ ޔޫސުފު

މިކަމާއި ގުޅިގެން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅާއި އެ ބޭފުޅުންގެ މައުލޫމާތު އެ މަގާމުތަކަށް އައްޔަންކުރުމަށް އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފައެވެ.

ނަންތައް ތަރުތީބުން:

  1. އުސްއަކުރުގެ، ހއ. އިހަވަންދޫ، މުހައްމަދު އަބްދުﷲ (މުހައްމާ)
  2.  ހަޒާރުމާގެ، ނ. ފޮއްދޫ، އިބްރާހީމް މުއާޒު އަލީ
  3.  ވ. މަށިވެލި، އިބްރާހީމް އަޝްރަފް
  4.  ގ. މަލްވިނަ، ލެފްޓިނެންޓް ކާނަލް ރިޓަޔަޑް ޒުބައިރު އަހުމަދު މަނިކު
  5.  ފަޒާ، ޅ. ހިންނަވަރު، އަބްދުﷲ ހުމައިދު
  6.  ސެވަން ސްޓާ، ސ. ހިތަދޫ، އާއިޝަތު ދިޔާނާ ތޯހިރު
  7.  އިއްޒަތު، ގ. ގޮފި، އައިމިނަތު ސަރާހަތު
  8. އާސްޓްރަލްގެ، ސ. ހިތަދޫ، ޝިމްލާ އަހުމަދު
  9.  މ. ސްލީޓް، އިސްމާއީލް ޝަފީގު
  10.  މާދަނޑު، އާސާނު، ޏ. ފުވައްމުލައް، ޝިފްޒާ މުސްތަފާ
  11.  ގ. ކޫލް ގްރާސް، އަލީ ނިޝާން
  12.  ހ. ޕްރިޓީ ވިލާ، މުހައްމަދު ޝަމީމް
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: