ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދީން ހަދިޔާކުރާ ކަދުރު ޝިޕްމަންޓު ރާއްޖެ ގެނެސްފި، ރޯދަ މަހުގެ ކުރިން ބަހާނެ

ސައުދީން ކަދުރު ޝިޕްމަންޓް ގެނައުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ރަމަޟާން މަހަކަށް ސައުދީ ސަރުކާރުން ދެއްވާ 50 ޓަނުގެ ކަދުރު ޝިޕްމަންޓު ރާއްޖެ ގެނެސްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ހިއްސާކުރެއްވި މެސެޖެއްގައި ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހަދިޔާކުރާ 50 ޓަނުގެ ކަދުރު ރާއްޖެ ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ކަދުރު މިހާރު މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި ރޯދަމަހުގެ ކުރީން އެ ކަދުރު ބަހައި ނިންމާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ މިފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެކަމަށެވެ.

ސައުދީ އަރަބިއްޔާ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. ނިމިދިޔަ އަހަރު ހަދިޔާކުރި ކަދުރު ބަހާފައި ވަނީ ރަމަޟާން މަސް ނިމުމާ ގާތްވެފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: