ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕާ ސިލޯން އިން އުރީދޫ ކްލަބް ޕްރިމިއާއާ ގުޅި، ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އިނާޔަތްތަކެއް

އުރީދޫ އިމާރާތް. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެންމެ ބޮޑު އާޔުރްވެދާ ވެލްނެސް ބްރޭންޑް ކަމަށްވާ ސްޕާ ސިލޯން ކްލަބް ޕްރިމިއާ ޕާޓްނަރެއްގެ އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއަރ އާޢި ގުޅިއްޖެއެވެ.

މި ޕާޓްނަޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ސްޕާ ސިލޯނުގައި އެކްސްކްލޫސިވް ފައިދާތަކެއް ލިބި، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ލުއިކަމުގެ ތަޖުރިބާތައް އިތުރުކުރެވޭނެ އެވެ.

މި ޕާޓްނަރޝިޕަކީ އުރީދޫގެ އެންމެ ހާއްސް ކަސްޓާމަރުން ކަމަށްވާ ކްލަބް ޕްރިމިއާ މެންބަރުންނަށް ތަފާތު އަގުހުރި ޕްރިމިއަމް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕާޓްނަރޝިޕެކެވެ. ސްޕާ ސިލޯންގެ މަޝްހޫރު އާޔުރްވެދިކް އަދި ވެލްނެސް ޕްރޮޑަކްޓްތަކާ އެކު، ރާއްޖޭގައި އަލަށް ހުޅުވި ސްޕާ ސިލޯން އައުޓްލެޓުން މިހާރު މެމްބަރުންނަށް ޕްރޮޑަކްޓްތަކާ ގުޅޭ ހާއްސަ އޮފާތަކެއް ލިބޭނެ އެވެ. މިގޮތުން އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓާމަރުންގެ ތެރެއިން ގޯލްޑް މެމްބަރުންނަށް 10% އަދި ޕްލެޓިނަމް ކަސްޓަމަރުންނަށް 15% ޑިސްކައުންޓް ލިބިގެންދާނެއެވެ.

މިއަދު އުރީދޫ ހެޑްކުއާޓާސް ގައި ބޭއްވުނު ރަސްމިއަޔާތުގައި ހާއްސް ޕްރޮމޯޝަނެއްވެސް ވަނީ އުރީދޫއިން އިއުލާނުކޮށްފައެވެ. ގޯ ޕްލޭ މާކެޓް 25 ޑިސެމްބަރ 2024 ގެ ކުރިން އެކްޓިވޭޓް ކޮށްގެން 10 ފަރާތަކަށް ސްޕާ ސިލޯން އިން ޑިސްކައުންޓް ވައުޗަރ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި 1000ރ އަދި 500ރ ގެ ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ގޯޕްލޭ މާކެޓާކީ ހިލޭ ބޭނުންކުރެވޭ އޯޓީތީ ޕްލެޓްފޯމެކެވެ.

ލަގްޒަރީ އާޔުރްވެދާ ގެ ތަޖުރިބާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ސްޕާ ސިލޯން އަކީ ސްރީލަންކާގެ ޒަމާންވީ ފަރުވާގެ އާދަކާދަތަކާއި އެންމެ މޮޅު މާއްދާތަކާއި ޒަމާނީ ދުޅަހެޔޮކަމުގެ އާދަތަކަށް ބައްޓަންކޮށް އެކި ޕްރަޑަކްޓްތައް އުފައްދާފައިވާ ބްރޭންޑެކެވެ. މި ޕާޓްނަރޝިޕާއެކު ކްލަބް ޕްރިމިއާގެ މެންބަރުންނަށް އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: