ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުނގޫފާރު ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ފަށައިފި

ރ. އުނގޫފާރު ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އުނގޫފާރު ހޮސްޕިޓަލްގައި އެމް.އާރު.އައިގެ ޙިދުމަތް ފަށައިފިއެވެ.

އުނގޫފާރ ހޮސްޕިޓަލްގައި އެމްއާރްއައިގެ ހިދުމަތް ފަށާފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ރ. އަތޮޅަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެންދަވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ވައުދުޅުތައް ފުއްދެވުމަށް 24 ގަޑިއިރު މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ.

އުނގޫފާރު ރިޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެ ސަބަބެއް އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ ސަބަބަކީ ރައީސްގެ ވައުދުފުޅުތައް ފުއްދެވުމަށް އެމަނިކުފާނަކީ 24 ގަޑިއިރު މަސައްކަތްކުރައްވާ ވެރިއެއް ކަމަށް ވާތީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނާއެކު ރަސްމީ ސިފައެއްގައި 13 ވަރަކަށް މަސްދުވަސްތެރޭގައި މަސައްކަތް ކުރެވުނު، އެމަނިކުފާނުގެ ޒައާމަތުގައި ވަޒީރަށް އެކަން ފެނިވަޑައިގަތް ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

އުނގޫފާރު ރައްޔިތުން ތި ތިބީ އުނގޫފާރު ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލު ކުރަން ބޭނުންވެފައިކަން ޔަގީންވުމަކީ އަނެއް ސަބަބު ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ރައީސް ވައުދުވެވަޑައިގެންނެވި ގޮތައް އުނފާރު ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކުރެއްވުމަށް ހެލްތް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބައްލައި އެކަން ބާރު ސުޕީޑުގައި ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތްދޭން ފެށުމަކީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށް ވަނީ ފާހަގަކުރައްވައިފައެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: