ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙުތުބާ: ކީރިތި ޤުރުއާނުގައި ކުށެއް ނެތަސް، ޝައްކުތަކާއި ޝުބުހަތައް އުފައްދަން ބަޔަކު މަސައްކަތް ކުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ޤުރުއާނަކީ ﷲގެ ކަލާމްފުޅުކަމަށާއި، އަދި އެ ފޮތް އަހަރެމެންނާއި ހަމައަށް އައިސްފައިވާ ގޮތާއި އެ ފޮތުގައި ކުށެއް ނެތްކަމާ މެދު ޝައްކެއް ނެތަސް، މި ކަންކަމުގައި ޝައްކުތަކާއި ޝުބުހަތްތައް އުފައްދަން ބަޔަކު މަސައްކަތް ކުރައްވާ ކަމަށް މިއަދުގެ ޙުތުބާގައި ބުނެފިއެވެ.

މިއަދުގެ ޙުތުބާ ޙާއްސަ ކުރެވިފައިވަނީ ކީރިތި ޤުރުއާނާ މެދު، އުފައްދާ ޝުބުހަށެވެ. ޙުތުބާގައި ބުނެފައި ވަނީ ކީރިތި ޤުރުއާނަކީ މާތްﷲ ގެ ކަލާމްފުޅުކަމަށާއި އެއީ ޖިބުރީލުގެފާނު މެދުވެރިކުރައްވައި، އެންމެ ފަހުގެ ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَގެ މައްޗަށް ﷲ ބާވައިލެއްވި މުޢުޖިޒާތެއް ކަމަށެެވެ. އަދި އެ ފޮތް އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ތަވާތުރުކޮށް ކަމަށާއި ކަލިމަތަކާއި އަކުރުތައް، ރިވާވެފައިވާ ގޮތަށާއި، އަކުރު އަދާކުރުމުގައި ލުއިކުރުމާއި ބަރުކުރުމަށް، އެއްވެސް ބަދަލެއް ނައިސް، ސަނދު ގުޅިގެން ކަމަށް ވަނީ ބުނަފައެވެެ.

ކީރިތި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَގެ ޒަމާނުން ފެށިގެން، މިއަދާއި ހަމައަށް، ކީރިތި ޤުރުއާން އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ދޮގުކުރުން މުސްތަޙީލުވާ ހައި ގިނަ އަދަދެއްގެ ރާވީން ސަނަދުގައި ހިމެނިގެން މުތަވާތިރުކޮށްކަމަށާއި އެހެންކަމުން އެ ފޮތް އަހަރެމެންނާއި ހަމައަށް އައިސްފައި ވަނީ ބާވައިލެއްވި ގޮތަށް ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ.

ޙުތުބާގައި ބުނެފައި ވަނީ ކީރިތި ޤުރުއާނަކީ ﷲގެ ކަލާމްފުޅުކަމާއި، އަދި އެ ފޮތް އަހަރެންނާ ހަމައަށް އައިސްފައިވާގޮތާއި، އަދި އެ ފޮތުގައި ކުށެއް ނެތްކަމާ މެދު ޝައްކެއް ނެތަސް، މި ކަންކަމުގައި ޝައްކުތަކާއި ޝުބުހަތްތައް އުފައްދަން ބަޔަކު މަސައްކަތްކުރާ ކަމަށެވެ. އަދި އެ ފޮތް ބާވައިލައްވަން ފެއްޓުމާއި ހަމައިން، މިއަދާ ހަމައަށް ވެސް އެ ކަން ދެމި އެބަ އޮތް ކަމަށާއި އޭގެ ބޭނުމަކީ، މުސްލިމުން ﷲ އާއި އެކަލާނގެ ފޮތާއި، ނަބީންނާއި ރަސޫލުންގެ މައްޗަށް ވާ އީމާންކަމުގައި، އެއުރެން ބައިބައިކޮށްލައި، އީމާންކަމާއި މަތިވެރި އަޤީދާއާ އެއުރެން ދުރުކުރުމަށް ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ.

މަޢުލޫމާތު ފެތުރުމުގެ ވަސީލަތްތައް ގިނަ ޒަމާނުގައި، ނޭނގި ތިއްބައި، އެފަދަ  މީހުންގެ ދަލުގައި ޖެހި މަޅިގައި ބެދުމަކީ ދުރުކަމެއް ނޫންކަމަށާއި ކީރިތި ޤުރުއާނާއި މެދު ޝައްކު އުފައްދާން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ، އެއީ ﷲގެ ކަލާމްފުޅު ނޫންކަމަށް ހަދާން ކުރި ނާކާމިޔާބު މަސައްކަތް ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: