ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ދޫކުރި ގޯތިތައް ނުހިއްކާ، އެކަމަކު ފުށިދިއްގަރުފަޅުގެ މަސައްކަތްތައް ކުރިއަށްދޭ: މައުރޫފް

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރީ ސަރުކާރުން ދޫކުރި ގޯތީގެ މަސައްކަތް ކުރިޔަށް ނުގެން ގޮސް، މި ސަރުކާރުން ސަމާލުކަން ދެނީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގޯއްޗާއި، ފްލެޓު ދޫކުރި ބިންވެރިޔާ ސްކީމްގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލަ މިފަހުން ވަނީ ފެންމަތިވެފަ އެވެ. ރިޔާސީ އިންތިހާބާއި ގާތްވެފައި ވަނިކޮށް ކުރިޔަށް ގެންދިޔަ އެ ސްކީމުން ދޫކުރި ފްލެޓު ލިސްޓުގައި ހައްގު ނޫން ގިނަ ބައެއްގެ ނަން އޮތުމުން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ސަރުކާރުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ރަސްމާލެގެ މަސައްކަތަށް ފާޑުކިއުން އަމާޒުކޮށް، ޓްރާންސިޝަން މުއްދަތުގައި އެދުނު ގޮތަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމެނޭ ގޮތަށް ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދީފައިވެއެވެ.

މީގެއިތުރުން މައުރޫފް ވަނީ މިފަހުން ފެންމަތިވި ގިނަ މައްސަލަތައް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީން ހުށަހެޅިކަން ފާހަގަކުރައްވާފަ އެވެ.  މައުރޫފް އެމްޑީޕީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކުގެ މަސައްކަތްތައްވެސް ސަރުކާރުން ވަނީ ހުއްޓާލާފައިކަމަށާއި، ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ނުދާއިރު އެކަން ބަޖެޓުގައިވެސް ހިމެނިފައިނުވާކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށްވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އިއްޔެ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ، ކުރީ ސަރުކާރުން ނެދެވޭ ގޯސް އަމަލުތައް ކުރިިކަމަށް ބުނެ މައްސަލަ ބަލަނީ ޒާތީ ގޮތުން ކަމަށެވެ. އަދި ކުރީ ސަރުކާރުން ބަދަލު ދިނުމުގައި އަމަލު ކުރި ގޮތް ތަހުގީގު ކުރުމަށް މަޖިލީހުން ފާސްކުރުން އޭނާ ގުޅުވީ، އެމްޑީޕީން އެންމެ ފަހުން ބޭއްވި ޖަލްސާއާއި އެވެ.

މައުރޫފް ވިދާޅުވީ އެކަމުގެ ޖަޒުބާތުގައި ޖެހި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް އިސްމާއިލްގެ އިތުރުން އެ ޕާޓީގެ ބައެއް މެމްބަރުންގެ މައްޗަށް ތަހުގީގުތައް ހިންގުމަށް ސަރުކާރުން ނިންމީ އެމްޑީޕީގެ އަޑު ކަނޑުވާލަން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: