ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން ބަދަލު ދިނީ، ފޮތުގައި ލިޔެ ވައްކަން ކުރާ އުސޫލުން: ސައްތާރު

މެމްބަރު އަބްދުއްސައްތާރު މުހައްމަދު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަދަލު ދިނުމުގެ މައްސަލައިގައި ތަހުގީގު ކުރަން ހުށައަޅާފައިވާ ކަންކަން ކަމާއި ބެހޭ އިދާރާތަކުން ބެލުމަށްފަހު އިހުމާލުވާ ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް އަދަބު ދޭންޖެހޭކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ދައުރުގައި ބަދަލު ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ގޮތާއިމެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު އަބްދުއްސައްތާރު ވިދާޅުވީ، މިކަމުގެ ބަހުސްތައް ކުރާއިރު މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީ އުފެއްދުމުގެ ގޮތުން ގެންގުޅެފައިވާ އުސޫލަކީ ގާނޫނީގޮތުން ކިހާ ބުރަދަނެއް ހުރި އުސޫލެއްކަން ބަލާލުން މުހިންމުކަމަށެވެ.

މެމްބަރު ވިދާޅުވީ، އުސޫލުތަކާއި، ގަވައިދުތައް ހަދަންޖެހެނީ ގާނޫނީގޮތުން އެކަމަށް ބާރުލިބިގެންކަން މަޖިލީހުގައި ތިއްބެވި އެންމެހާ މެމްބަރުންނަށްވެސް ސާފުވާނެކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔާތުން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައި އެކި ފަރާތްތަކަށް ބަހާލާފައިކަމަށާއި ހަމައެކަނި ކުޑަކުޑަ އުސޫލެއް ހަދާލައިގެން ބޭނުންވާ ވަކި ބަޔަކަށް ފައިސާ ބަހާލިކަމަށް އަބްދުއްސައްތާރު ތުހުމަތުކުރެއްވިއެވެ.

އަބްދުއްސައްތާރު ވިދާޅުވީ، ގެންގުޅެފައިވާ އުސޫލު ބާތިލުކަން ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ބަލާލުމުން އެނގޭކަމަށެވެ. އެހެންކަމުން ކަނޑައެޅިގެން ބާތިލު އުސޫލެއް ހެދުމަށްފަހު ބޭނުންވާ ބަޔަކަށް ގިނަ އަދަދެއްގެ ފައިސާ ބަހާ ނިންމާލިކަން ފެނިގެންދާކަމަށެވެ.

މެމްބަރު ވިދާޅުވީ، މިކަމަށް ކިޔަނީ، ފޮތުގައި ލިޔެގެން ވައްކަން ކުރުންކަމަށެވެ. އޭނާ ވިދާޅުވީ، ބަދަލު ދިނުމުގެ ނަމުގައި ނިމިދިޔަ ސަރުކާރުން ހިންގާފައިވަނީ ވައްކަމުގެ އަމަލެއްކަމަށާއި އެމްޑީޕީގެ ބައެއް މެމްބަރުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަމާޒުކޮށް ދައްކާ ވާހަކަތަކަށް ބަލާލާއިރު ގިނަ އަދަދުތަކެއްގެ ތުހުމަތުތައްކޮށް ކޯޓުތަކަށް ގޮސްގެން އެއްވެސް ކަމެއް ސާބިތުކުރެވިފައިނުވާކަމަށެވެ.

އޭނާ ވިދާޅުވީ، މާލިއްޔާތު ކޮމިޓީއިން ދިރާސާކުރުމަށްފަހު ހުށައަޅާފައިވާ ރިޕޯޓަށް ފުރިހަމައަށް ތާއީދުކުރާކަމަށާއި، އެޅުމަށް ހުށައަޅާފައިވާ ފިޔަވަޅުތަކަށްވެސް އެއްބަސްވެވަޑައިގަންނަވާކަމަށެވެ. މެމްބަރު ވިދާޅުވީ، ތަހުގީގުކުރުމަށް ގޮވާލާފައިވާ ކަންކަން ތަހުގީގުކުރަންޖެހޭކަމަށާއި އިހުމާލުވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް އަދަބު ދޭންޖެހޭކަމަށެވެ.

އަބްދުއްސައްތާރު ވިދާޅުވީ، މިފަދަ މަސައްކަތްތަކެއް ކުރާއިރު އޭޖީގެ ލަފާ ހޯދަންޖެހޭކަން ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް ބޮޑެތި ބަދަލުތައް ދީފައިވާއިރު އޭޖީގެ ބަހެއް ހޯދާފައިނުވާކަމަށާއި އޭޖީގެ ލަފާ ހޯއްދެވިކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިކަމަށް ރިޕޯޓުން ފެންނަކަމަށެވެ. މެމްބަރު ވިދާޅުވީ، މިކަމުގައި އޭރު ހުންނެވި އޭޖީ އިބްރާހިމް ރިފްއަތު ދެއްވި އެއްވެސް ލަފާފުޅެއް އެއްވެސް ލިޔެކިއުމަކުން ފެންނަން ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: