ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއީ އަނިޔާވެރި ވެރިއެއް ނޫނެވެ، އެއީ ދިވެހި ފަސްގަނޑަށްޓަކައި ގުރުބާންވި ލީޑަރެއް!

އަމީން ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު އަމީންދީދީ އަކީ ޤައުމުގެ ތާރީޚުގައި ނަމޫނާ ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. އެމަނިކުފާނުގެ ކުރު ދައުރުގައި ޤައުމަށް ގެނެސްދެއްވި ބަދަލުތަކާއި ކުރެއްވި ހިތްވަރުގަދަ މަސައްކަތްތަކަކީ މިއަދާ ހަމައަށްވެސް އެއްވެސް ރައީސަކަށް ނުކުރެވޭ ވަރުގެ ކަންތައްތަކެކެވެ.

އަމީންދީދީގެ ދައުރުގައި ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން 1951 ވަނަ އަހަރު ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެއްވުމަކީ އެޅުއްވި ހިތްވަރުގަދަ ފިޔަވަޅެކެވެ.

އަމީންދީދީގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޤާނޫނީ ޙުކޫމަތެއްގެ ދަށުން ދިވެހި ސަރުކާރު ހިންގަވަން ފެއްޓެވުމެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް އައިސް، ޒަމާނީ ވެރިކަމުގެ އުސޫލުތައް ތަޢާރަފުވިއެވެ. މިއީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

އެމަނިކުފާނުގެ ދައުރުގައި ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ދިނުމަށް މަސައްކަތްކުރެއްވިއެވެ. މިގޮތުން 1953 ވަނަ އަހަރު ހުވަދުއަތޮޅު އުތުރުބުރީގައި މަރުގެ އަދަބު ތަންފީޒުކުރެއްވުމަކީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެޅުއްވި ހިތްވަރުގަދަ ފިޔަވަޅެކެވެ. މިއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ދިނުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

އަމީންދީދީގެ ދައުރުގައި ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުފުޅުތައް ކުރައްވައި، ރައްޔިތުންނާ ގާތްގުޅުމެއް ބޭއްވެވިއެވެ. މިފަދަ ޙަރަކާތްތަކުން ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް އޮތް ލޯބި އިތުރުވެ، ޤައުމީ އެއްބައިވަންތަކަން އާލާވިއެވެ. މިއީ އެއްވެސް ރައީސަކަށް މިހާތަނަށް ނުކުރެވޭ ވަރުގެ ހިތްވަރުގަދަ މަސައްކަތެކެވެ. ނަމަވެސް، އަމީންދީދީގެ މި ހިތްވަރުގަދަ މަސައްކަތްތަކުގެ ސަބަބުން އެމަނިކުފާނާ ދިމާއަށް އަމާޒުވެފައިވާ ހަސަދަވެރި ލޯތަކެއް ވެސް ވިއެވެ. މިކަމުގެ ސަބަބުން އެމަނިކުފާނުގެ ދައުރު އެންމެ 7 މަހާއި 26 ދުވަހަށް ކުރުވިއެވެ.

އަމީންދީދީގެ ދައުރުގައި ކުރެއްވި އެންމެ ހިތްވަރުގަދަ އެއް މަސައްކަތަކީ ތަޢުލީމީ ދާއިރާއަށް ގެނެސްދެއްވި ބޮޑެތި ބަދަލުތަކެވެ. މުޅި ރާއްޖެއަށް ތަޢުލީމު ޢާންމުކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަކީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެޅުއްވި މުހިންމު ފިޔަވަޅުތަކެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި ސްކޫލެއް ޤާއިމުކުރެވި، ހުރިހާ ކުދިންނަށް ތަޢުލީމު ލިބޭނެ މަގު ތަނަވަސްވެގެން ދިޔައެވެ.

އަމީންދީދީގެ އަނެއް މުހިންމު އިސްލާޙަކީ އަންހެނުންގެ ޙައްޤުތަކަށް ދެއްވި އަހައްމިއްޔަތުކަމެވެ. އެމަނިކުފާނު އަންހެނުންނަށް ސަރުކާރުގެ ވަޒީފާތައް ހުޅުވާލައްވައި، އަންހެނުން ކުރީ ސަފުގައި ހަރަކާތްތެރިވުމަށް ބާރުއެޅުއްވިއެވެ. މިއީ އަންހެނުންގެ ދައުރު މުޖުތަމަޢުގައި އުފުލުމަށް އެޅުއްވި ހިތްވަރުގަދަ ފިޔަވަޅެކެވެ.

އަމީންދީދީގެ ދައުރުގައި ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ފާހަގަކޮށްލެވޭ މަޤާމެއް ހޯދައި، ބޭރު ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވިއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދިޔައެވެ.

އަމީންދީދީގެ ދައުރުގައި ޤައުމީ ވިޔަފާރި ދިވެހިންގެ އަތްމައްޗަށް ގެނައުމަށް މަސައްކަތްކުރެއްވިއެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް އިޤްތިޞާދީ ގޮތުން ކުރިއެރުމުގެ ފުރުޞަތުތައް ހުޅުވިގެން ދިޔައެވެ.  މި ހުރިހާ މަސައްކަތްތަކަކީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޤައުމު ކުރިއަރުވައި، އިސްލާމްދީނުގެ އަސާސްތައް ޤާއިމުކުރުމަށް ކުރެއްވި ހިތްވަރުގަދަ މަސައްކަތްތަކެކެވެ. ނަމަވެސް، މިއަދު ޤައުމު އަބަދުވެސް ދައްކަނީ އިސްލާމީ ޝަރީޢަތް ޤާއިމުނުކުރެވޭ ވާހަކައެވެ. އިސްލާމްދީނުގެ އަސާސްތައް ޤާއިމު ނުކުރެވޭ ވާހަކައެވެ. ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ނުދެވޭ ވާހަކައެވެ.

ޙަޤީޤަތުގައި އަމީންދީދީ ކުރެއްވި ހިތްވަރު، ރާއްޖޭގެ އެއްވެސް ރައީސަކަށް އަދި ނުކުރެއްވެއެވެ. އެމަނިކުފާނުގެ ކުރު ދައުރުގައި ގެނެސްދެއްވި ބަދަލުތަކާއި އިޞްލާޙުތަކުގެ އަސަރު މިއަދާ ހަމައަށްވެސް ދިވެހި މުޖުތަމަޢުގައި ދެމިގެންދެއެވެ. އެހެންނަމަވެސް، އޭގެފަހުން އައި ވެރިންނަށް އެމަނިކުފާނު ފަށައިގެން ވަޑައިގަތް މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދެވުނު ކަމަށް ދެންނެވޭކަށް ނެތެވެ.

އަމީންދީދީގެ ފަހުން އައި ވެރިންނަށް އިސްލާމީ ޝަރީޢަތް ފުރިހަމައަށް ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ. ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ދިނުމުގައި ފަސްޖެހިފައިވާކަން ފާހަގަކުރެވެއެވެ. މިސާލަކަށް، މީހުން މެރުމުގެ މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރުމުގައި ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅެވިފައި ނުވެއެވެ.

އަމީންދީދީ ފަށައިގެން ވަޑައިގަތް ތަޢުލީމީ އިޞްލާޙުތައް ފުރިހަމައަށް ތަންފީޒުކުރުމުގައިވެސް ފަހުގެ ވެރިންނަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ. މިއަދުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ރަނގަޅު ފެންވަރުގެ ތަޢުލީމީ ވަސީލަތްތައް ޤާއިމުކުރެވިފައި ނުވާކަން އެއީ ގަބޫޅު ކުރަން ޖެހޭ ހަގީގަތެކެވެ.

އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމުގައިވެސް އަމީންދީދީ ގެންގުޅުއްވި ވިސްނުންފުޅާ އެއްވަރަށް ފަހުގެ ވެރިނަށް މަސައްކަތް ކުރެވިފައެއް ނުވެއެވެ. މިއަދުވެސް ސިޔާސީ އަދި އިޖްތިމާޢީ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވެއެވެ.

އަމީންދީދީ ފަށައިގެން ވަޑައިގަތް ޤައުމީ ވިޔަފާރި ދިވެހިންގެ އަތްމައްޗަށް ގެނައުމުގެ މަސައްކަތްވެސް އޭގެފަހުން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވިފައި ނުވެއެވެ. މިއަދުވެސް ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދާއިރާތަކުގައި ބޭރުގެ ނުފޫޒު ބޮޑުކަން އެއީ ފެންނަން އޮތް ހަގީޣަތެކެވެ.

ބަޔަކަށް ހަޖަމް ނުކުރެވުނަސް ހަގީގަތަކީ، އަމީންދީދީ ކުރެއްވި ހިތްވަރުގަދަ މަސައްކަތްތަކާއި ގެންނެވި އިޞްލާޙުތަކުގެ މައްޗަށް ބިނާކޮށް، ފަހުގެ ވެރިން އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްފައި ނުވާކަމެވެ. އެމަނިކުފާނު ދައްކަވައިދެއްވި މަގުން ދަތުރުކުރުމުގައި ފަހުގެ ވެރިންނަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ. އެހެންކަމުން އަޅުގަނޑުގެ ހިޔާލުގައި ރައީސް އަމީންއަކީ އަނިޔާވެރި ވެރިއެެއް ނޫނެވެ. އެއީ ހިތްވަރުގަދަ ފަހަތަށް ނުޖެހި ދިވެހި ގައުމަށްޓަކައި ގުރުބާންވި ހަގީގީ ލީޑަރެކެވެ. ދިވެހި ގައުމު ދެމި އޮތްހާ ހިދަނކު ފޮހެވިގެން ނުދާނެ ނަމެކެވެ.

ވަރަށް ގަދަ
68%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 2%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: