ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ އިރުތިޝާމް ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނަށް އަރުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް III ވަނަ އަށް އިއްޔެ އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔަާތު އޮތީ ބަކިންގހަމް ޕެލަސްގައެވެ.

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާ ޑޮކްޓަރ އިރުތިޝާމް އާދަމް ހަވާލުވެވަޑައިގަތުމުން އެ ކަމަނާއަށް ކިންގް ޗާލްސް މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ރަސްގެފާނު ވިދާޅުވިއެވެ. ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިނގިރޭސިިވިލާތުގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ދިވެހިރާއްޖެ އާައި އިނގިރޭސިވިލާތާ ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރަސްގެފާނަށް އެރުވިއެވެ.

މި ރަސްމިއްޔާތަށްފަހު އިނގިރޭސިވިލާތުގައި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އޮންނަ ޑިޕްލޮމެޓިކް އާދަކާދައިގެ މަތިން ޚާއްސަ ރިސެޕްޝަނެއް ބޭއްވިއެވެ. ސެއިންޓް ޖޭމްސް ކޯޓް ލަންޑަން – އަ ތާޖް ހޮޓެލްގައި ބޭއްވުނު މި ރިސެޕްޝަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ސާކް އަދި ކޮމަންވެލްތު ޤައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓިކް ކޯ ގެ ޑީން ކަމުގައިވާ ހޮންޑިއޫރަސްގެ ސަފީރު އިވާން ރޮމޭރޯ-މާރޓިނޭޒް އާއި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި، ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެތެވެ. މީގެ އިތުރުން މޯލްޑިވްސް-ޔޫ.ކޭ. ޕާލިމަންޓަރީ ގްރޫޕްގެ ކޯ-ޗެއަރ އާއި އިނގިރޭސިވިލާތު ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިންނާއި މީޑިއާގެ ފަރާތްތައް ބައިވެރިވެވަޑައިގެންފައިވެއެވެ.

ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު އަޙްމަދު މުޙައްްމަދު، ޑިފެންސް އެޓާޝޭ ކާނަލް ހުސެއިން ފައިރޫޝް، ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފް އަދި ތާރޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: