ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން މިނިސްޓަރ ޚަލީލް އޮމާންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އޮމާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްލ ސައްޔިދު ބަދްރު ބިން ޙަމަދް ބިން ޙަމޫދް އަލްބުސަޢީދީގެ ދަޢުވަތަކަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޙަލީލް އޮމާންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި، އޮމާންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޯ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން އެފެއާޒް އެންޑް ސްޕެޝަލް ރެޕްރެޒެންޓެޓިވް ސްޢަދް ބިން ޠާރިޤް އަލް-ސަޢީދުގެ އަރިހަށް މިނިސްޓަރ ޚަލީލް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރ ސައްޔިދު ބަދްރު ބިން ޙަމަދް ބިން ޙަމޫދް އަލްބުސަޢީދީ ވެސް ބައިވެރިވެވަޑައިގަތެވެ.

އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދްރު ބިން ޙަމަދް ބިން ޙަމޫދް އަލްބުސަޢީދީއާއެކު ޚަލީލް ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ ވަނީ ދިވެހިރާއްޖެއާއި އޮމާންއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ.

މިގޮތުން ވިޔަފާރިއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިނިސްޓަރ އޮފް ފިނޭންސް ސުލްތާން ބިން ސަލީމް ބިން ސަޢީދު އަލް ހަބްސީއާއި މިނިސްޓަރ އޮފް ކޮމަރސް، އިންޑަސްޓްރީ އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން ޤައިސް ބިން މުޙައްމަދު އަލް ޔޫސުފްއާއި އޮމާންގެ އެހެނިހެން ޢިއްޒަތްތެރިންނާވެސް މިނިސްޓަރ ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އޮމާންއާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. އެއީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސްއާއި ޑިޕްލޮމެޓިކް، ސްޕެޝަލް، ސަރވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަންއާބެހޭ އެއްބަސްވުމެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ، އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: