ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭޕާއި ޑްރަގްގެ ވަބާއިން ސަލާމަތްވުމަކީ އެތައް އާއިލާއަކުން އެދިއެދި ތިބި ކަމެއް، އެކަން ކުރާނަން: ރައީސް

ރައީސް ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭޕާއި ޑްރަގްގެ ވަބާއިން ސަލާމަތްވުމަކީ އެތައް އާއިލާއަކުން އެދިއެދި ތިބި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ އދ މަހިބަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ވަށާޖެހޭ ތަރައްޤީއަކީ ޤައުމުގައި ހުރި މައްސަަލަތައް ޙައްލު ކުރުމާއެކު ގެނެވޭ ތަރައްޤީ ކަމަށެވެ. މިސާލެއްގެ ގޮތުން ޤައުމެއްގެ ޙައިސިއްޔަތުން ހުންނަންޖެހޭ ރިވެތި އާދަތައް އިިޔާދަ ކުރަންޖެހޭކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ދެވައްތަރެެއްގެ ތަރައްޤީ، އެއީ އުމްރާނީ ތަރައްޤީއާއިި، ފިކުރީ އިންސާނީ ތަރައްޤީގެ މަސައްކަތް

މިސާލެއްގެ ގޮތުން ވޭޕްގެ މައްސަލައަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، އެ ވިޔަފާރި ކުރި މީހުން ވިޔަފާރި ކުރީ ހުއްދަ ލިބިގެން ކަމަށާއި، ނަމަވެސް ޤައުމުގެ ޙައިސިއްޔަތުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން 15 އޮކްޓޯބަރުން ފެށިގެން ވޭޕް ވިއްކުމާއި، ބޭނުން ކުރުން މިހާރު މަނާކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެތައް އާއިލާއަކުން ހަގީގަތުގައި ބޭނުންވެފައި އޮތް ކަމެއްކަންވެސް ރައީސް ފާހަގަ ކުރެއްވިިއެވެ.

ހަމައެއާއެކު، ހަގީގީ ވަށާޖެހޭ ތަރައްޤީއަކީ އެއީކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މުޖުތަމައުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށްޓަކައި ވޭޕާއި ޑްރަގްގެ ވަބާއިން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިފަދަ ނިންމުންތަކަކީ އެއްވެސް ބަޔަކާ ޒާތީވެ، ނުވަތަ އެއްވެސް ބަޔަކަށް ގެއްލުމެއް ކުރިމަތި ކުރުވުމަށް ނިންމަވާ ނިންމެވުންތަކެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައިވާއިރު، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ މާއްދާއަށް ޢަމަލުކުރަން ފަށާ ގޮތަށް އޮތީ 15 ޑިސެންބަރު 2024 އިން ފެށިގެންނެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ވިއްކުމަކީ މަނާކަމެކެވެ. އެ މާއްދާއާ ޚިލާފުވެއްޖެނަމަ، 20،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަރާތަކުން ވިއްކި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000/- ރުފިޔާގެ މަގުން ޖޫރިމަަނާ ކުރެވޭނެއެވެ.

ހަމައެއާއެކު، ވޭޕްް ކުރުމަށް ބޭނުންކުރާ ތަކެތި ހިލޭ ބެހުމާއި، ދިވެހިރާއްޖޭގައި ބޭނުން ކުރުމަކީވެސް މަނާކަމެއްކަމަށް އެ މާއްދާފައިވެއެވެ. ވޭޕް ހިލޭ ބަހައިފިނަމަ އެމީހަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ބޭނުންކޮށްފިނަމަ އެމީހަކު 5000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: