ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރބަން ސެންޓަރުތައް ޤާއިމު ކުރެވުމުން ގެދޮރުވެރިކަމާއި، އިޤްތިސާދީ ގޮތުން ފައިދާވާނެ: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އާރބަން ސެންޓަރުތައް ޤާއިމު ކުރެވުމުން ގެދޮރުވެރިކަމާއި، އިޤްތިސާދީ ގޮތުންވެސް ރައްޔިތުންނަށް ފައިދާކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ އދ މަހިބަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މަހިބަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުުޅުގައި ރައީސް ވިދާޅުވީ، ދާއިރާގެ ރައްޔިތުން އެދިފައިވާ ގޮތަށް މާފަރުފަޅު ތަރައްޤީ ކުރުމަށް 2025 ވަނަ އަހަރު ތެރޭގައި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އެގޮތުން ބިން ހިއްކުމާއި، ދެން ކުރަންޖެހޭ މަސައްކަތްތައް ތަރުތީބުކޮށް، ހަގީގީ މާނައިގައި އެ ރަށް އާރބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އުތުރާ ދެކުނުގެ 7 ރަށެއްގައި އާރބަން ސެންޓަރުތަކެއް ޤާއިމު ކުރެއްވުމަކީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ. ރައީސް ވިދާޅުވީ، އާރބަން ސެންޓަރުތައް ޤާއިމު ކުރައްވާނީ 7 ސަރަޙައްދުން ނިންމާލާ ގޮތަކަށް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ، އާރބަން ސެންޓަރުތައް ޤާއިމު ކުރެވުމުން ގެދޮރުވެރިކަމާއި، އިޤްތިސާދީ ގޮތުންވެސް ރައްޔިތުންނަށް ފައިދާކުރާނެ ކަމަށެވެ. އަދި ކުރިންވެސް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މަހިބަދޫގައި 100 ހައުސިންގ ޔުނިޓު ޤާއިމު ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތަރައްޤީގެ ކަންކަން ބައްޓަން ކުރައްވާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

އޭގެ އިތުރުން، އަންނަ އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: