ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ތިން ސަރަހައްދެއްގައި މާރާމާރީ ހިންގައިފި!

ފުލުހުން މާލޭގައި ހަރަކާތްތެރިވަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭގެ ވަގުތުތަކުގައި މާލެ ތެރޭގައި ތިން ސަރަހައްދެއްގައި މާރާމާރީ ހިންގާފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުން އާންމުކޮށްފައިވާގޮތުން، މާރާމާރީތައް ހިންގާފައިވާ ތިން ސަރަހައްދަކީ، މުނިޔާ މަގާއި، ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުން އަދި ނޫރު މިސްކިތް ހުންނަ ސަރަހައްދެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެންތިބި ބަޔަކު މީހުންވަނީ މުނިޔާމަގުގައި ހުންނަ ދިރިޕަބްލިކް ކެފޭގެ ތެރެއަށްވަދެ މާރާމާރީ ހިންގާފައެވެ. އަދި މި މައްސަލަ ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނެފައިވާގޮތުން ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުމުގައި ކިންޒާކެފޭ ކުރިމަތީގައި މާރާމާރީ ހިންގާފައިވަނީ ތޫނުހަތިޔާރު ބޭނުންކޮށްގެންނެވެ. އަދި ފިލިގަސް މަގުގައިވެސް ބަޔަކު މީހުން މާރާމާރީ ހިންގިކަމަށެވެ. އެހެންކަމުން އެ މުއައްސަސާއިންދަނީ މައްސަލަތައް ތަހުގީގުކުރަމުންކަމަށާއި މި މަހުގެ 12 ވަނަ ދުވަހު ލެޓްސްގޯ ކެފޭއަށް ބަޔަކު މީހުން ވަދެ ގެއްލުން ދިން މައްސަލަވެސް ބަލަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: